ދުނިޔެ

ވައިޓްހައުސް ކައިރީ ހަތިޔާރާއެކު އުޅުނު މީހަކު ހައްޔަރުކޮށްފި

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ ކައިރީގައި ހަތިޔާރުތަކެއް ހިފައިގެން އުޅުނު މީހަކު ހައްޔަަރުކޮށްފިއެވެ.

އެމެރިކާގެ އިސް ބޭބޭފުޅުންގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ސީކްރެޓް ސާވިސަސް އިން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވައިޓްހައުސްގެ ކައިރީގައިވާ ހަތަރު އަނގޮޅިއެއްގައި ހަތިޔާރު ހިފައިގެން ހިފައިގެން އުޅުނު މީހާ ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އޭނާ ހައްޔަރު ކުރީ އެތައް ހަތިޔާރެއް ހިފައިގެން ހުރުމުން ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ނުދެއެވެ.

ބަޑި ހިފައިގެން އުޅުނު މީހާ ވައިޓްހައުސްގެ ކައިރިން ފެނުނު އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވަޑައިގެން އެގަނޑުވަރުގައި ހުންނެވި ކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެއެވެ.

ވައިޓްހައުސް ކައިރީ މިއަހަރުގެ މާޗު މަހުވެސް ސަލާމަތަށް ނުރައްކާވާ ފަދަ ދެހާދިސާއެއް ހިނގިއެވެ. އެ ދެހާދިސާ ހިނގި އިރު ރައީސް ޓްެރަމްޕް އެގަނޑުވަރުގައި ވަޑައިގެން ނޫޅުއްވައެވެ.