ދުނިޔެ

މީހުން ކަތިލައި ކޭ ބަޔަކު ރަޝިޔާގައި ހައްޔަރުކޮށްފި

ރަޝިޔާގައި 1999 ވަނަ އަހަރުން ފެށިގެން މިހައިތަނަށް 30 މީހަކު މަރައި، އެމީހުންގެ ހަށިގަނޑުގެ ބައިތައް ކޭ ކަމަށް ތުހުމަތު ކުރެވޭ ދެމަފިރިއަކު އެ ގައުމުގެ ފުލުހުން ހައްޔަރު ކޮށްފި އެވެ.

ރަޝިޔާގެ ގައުމީ ޓީވީއާ ހަވާލާދީ ސީއެންއެން ބުނީ މިނިމަސްކޭ ދެމަފިރިންގެ ކަންތައް ފަޅައި އެރީ އެމީހުންގެ ޝިކާރައަކަށްވީ އަންހެނެއްގެ ހަށިގަނޑުގެ ބައިތަކާއެކު ނަގާފައިވާ ފޮޓޯތަކެއް ހުރި ފޯނެއް މަގުމައްޗަށް ވެއްޓިފައި އޮއްވައި ފެނުމުން ކަމަށެވެ.

ރަޝިޔާގެ ދެކުނުގައިވާ ކްރާސްނޮޑާރް ނަމަކަށް ކިޔާ ރަށު ގައި ބަލަމުން އަންނަ އެ މައްސަލައިގެ ތުހުމަތަށް ހައްޔަރު ކޮޮށްފައި ވަނީ އުމުރުން 35 އަހަރުގެ މީހަކާއި އޭނާގެ އަންހެނުންނެވެ. ރަޝިޔާގެ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމީހުންގެ ޝިކާރައަކަށްވީ 30 މީހުންގެ ތެރެއިން ހަތް މީހަކު މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

އެ ދެ މުޖުރިމުންގެ ކަންތައް ފަޅާ އެރީ މަރާފައިވާ މީހެއްގެ ހަށިގަނޑުގެ ބައިތަކާ އެކު ނަގާފައިވާ ފޮޓޯތައް ހުރި ފޯނު މިމަހުގެ ކުރީކޮޅު މަގެއްގެ މަތިން ފެނުމުންނެވެ. ގުނަވަންތައް ވަކިކޮށްފަައިވާތަން އެ ފޮޓޯތަކުން ފެންނަ ގަބުރުގެ އެހެން ބައިތައް އަޅާފައިވާ ކޮތަޅެއް ޖެހިގެން އައި ދުވަހު ފެނުނެވެ.

ރަޝިޔާގެ ރިޔާ ނޮވޯސްތީއާ ހަވާލާދީ ސީއެންއެން ބުނީ މައްސަލައިގެ ގިނަ ތަފުސީލުތައް ފުލުހުން އަދި ކަަަށަވަރު ނުކޮށްދޭ ކަަމަށާއި އެހެން ނަމަވެސް ބިއްލޫރި ގުޅިއެއްގައި ބަންދުކޮށްފައިވާ އަތްތިލައެއް ފެނުނުކަން ކަށަވަރުކޮށްދީފައިވާ ކަަމަށެވެ. އަދި ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހައިތަނަަށް އެއްބަސް ވެފައި ވަނީ ދެމީހަކު މެރި ކަމަށް އެކަނި ކަމަށެވެ. އެއީ އެމީހެއްގެ ހަަށިގަނޑުގެ ބައިތަކާ އެކު އޭނާ ފޮޓޯ ނެގި އަންހެން މީހާއާއި 2012 ވަނަ އަހަރު މަރައިލި އެހެން މީހެއްގެ ކަންތަކުގަ އެވެ.