ދުނިޔެ

ދެވަނަ އަށް އެންމެ ބޮޑު އަލިމަސް ވިއްކައިިލީ 53 މިލިޔަން ޑޮލަރަށް

މިހައިތަނަށް ފެނުނު ކަަމަށް ރެކޯޑްކުރެވިފަައިވާ ދެވަނަ އަށް އެންމެ ބޮޑު އަލިމަސް 53 މިލިޔަން ޑޮލަރަށް ވިއްކާލައިފި އެވެ.

ކެނެޑާގެ ލުކާރާ ނަމަކަށް ކިޔާ ކުންފުނިން ހޯދާފައިވާ އެ އަލިމަސް ގަތީ އިނގިރޭސިވިލާތުގެ ގްރާފް ޑައިމަންޑްސް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

ދެއަހަރެއްހާ ދުވަސް ކުރިން ބޮޓްސުވާނާގެ ކަރޯވީ ނަމަކަށް ކިޔާ މައިނުން ނެގި 1109 ކެރަޓްގެ އެ އަލިމަހަށް ދީފައިވާ ނަމަކީ ' ލެސީޑީ ލަ ރޯނާ" އެވެ. ބޮޓްސުވާނާ މީހުން ވާހަކަ ދައްކައި އުޅޭ ސުވާނާ ބަހުން ދީފައިވާ އެ ނަމުގެ މާނައަކީ ' އަހަރެމެންގެ އަލި' މިއެވެ.

ލުކާރާއިން ފުރަތަމަ އުއްމީދު ކުރީ އެ އަލިމަހަށް 70 މިލިޔަން ޑޮލަރުގެ އަގެއް ލިބޭނެ ކަަމަށެވެ. ނަމަވެސް އެއަގު ހޯދުމަަށް މިދިޔަަ އަހަރު ބޭއްވި ނީލަމުގައި އަލިމަސް ވިކޭގޮތް އޮތީ ނުވެފައެވެ. ލުކާރާގެ ސީއީއޯ ވިލިއަމް ލޭމްބް ސީއެންއެންއަށް ބުނެފައި ވަނީ ގްރާފް ޑައިމަންޑްސް އަށް އަލިމަސް ވިއްކައިލީ ނީލަމުގައި އެންމެ ބޮޑު އަގެއް ހުށަހަޅެޅި ފަރާތުން ހުށަހެޅި އަގަށް ވުރެ ބޮޑު އަގެއް އެކުންފުނިން ހުށަޙެޅުމުން ކަމަށެވެ. ގްރާފް ޑައިމަންޑްސް އިން އަގު ހުށަހެޅީ ނީލަން ހުއްޓައލި ފަހުން އަމިއްލަ ގޮތުންނެވެ.

ދެވަނައަށް އެންމެ ބޮޑު އަލިމަސް ވިއްކި އަގަށް ވުރެ ބޮޑު އަގެއްގައި ޚުދު ލުކާރާއިން ވެސް ވަނީ އެހެން އަލިމަހެއް ކުރިން ވިއްކާލާފައެވެ. ' ކޮންސްޓެލޭޝަން ' ގެ ނަންދީފައިވާ، ނުކޮށައި އޮތް 813 ކެރަޓް އެ އަލިމަސް ދުބާއީގެ ކުންފުންޏަަކަށް ވިއްކައިލީ 63 މިލިޔަން ޑޮލަރަށެވެ. އެ އަލިމަަސް ގަތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ)ގެ ކުންފުންޏަކުންނެވެ.