ދިވެހި ސިނަމާ

"ނޭދެން ވަކިވާކަށް" ޕްރިމިއާ ކޮށްފި

"މީ ޕްރޮޑަކްޝަން" އިން އުފައްދައި މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކުރި "ނޭދެން ވަކިވާކަށް" ޕްރިމިއާ ކޮށްފި އެވެ.

ފިލްމު ޕްރިމިއާކުރީ ރޭ އޮލިމްޕަހުގައި ބޭއްވި ރސްމިއްޔާތެއްގައި ފިލްމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަމަށްވާ މުހައްމަދު އަސްލަމެވެ.

އެ ފިލްމަކީ ލޯބީގެ ރީތި ވާހަކައަކަށް އުފައްދާފައިވާ ފިލްމެކެވެ. "ނޭދެން ވަކިވާކަށް" ގެ ގިނަ ޝޯތަކެއް އޮލިމްޕަހުގައި އަޅުވަން ވަނީ ހަމަޖެހިފަ އެވެ. އަދި އަތޮޅުތަކުގެ ތެރޭގައި ވެސް އެ ފިލްމު އަޅުވާނެ އެވެ.

ފިލްމުގައި ފެނިގެންދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަހްމަދު ސައީދު އާއި އާޒިފާ، އާރިފާ އިބްރާހިމް އަދި ޖާދުﷲ އިސްމާއީލެވެ. އަހުމަދު އަޒްމީލް (އަޒޭ) އާއި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި އަލީ ޝާހިދު (ސްޓެޕް އައްޔަ) އަދި އިބްރާހީމް ރިޔާޒް ވެސް ފިލްމުގައި ހިމެނެ އެވެ. މިއީ ޖާދުގެ ފުރަތަމަ ފިލްމެވެ.

ފިލްމުގެ ހަތަރު ލަވަ ހިމެނޭއިރު ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާ އާއި ރާފިޔަތު ރަމީޒާ އަދި މުމްތާޒް މޫސާ އެވެ. އެ ހަތަރު ލަވަޔަކީ ވެސް ކޮޕީ ލަވަ އެވެ.

ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލެ އަދި އއ. ތޮއްޑޫގަ އެވެ.