ހަބަރު

ސިހުރުވެރިންނާ މެދު ފިޔަވަޅު އެޅުން ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

ސިހުރު ހާހޫރަ އާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތާއި އެފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ފިޔަވަޅު އެޅުން ހަރުދަނާ ކުރުމާ ބެހޭ ގޮތުން ފުލުހުންގެ އިސް ނަގައިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ފުުލުހުން މިރޭ ބުނީ ސިހުރު ހަދާ މީހުންްނާ މެދު ފިޔަވަޅު އެޅުމާއި އެކަމާ ބެހޭ ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް މިއަދު މެންދުރު ފަހު ބައްދަލުވުމެއް ބޭއްވީ ކަމާ ބެހޭ އިދާރާތަކުގެ ވެރިންނާ އެކު ކަމަށެވެ. ބައްދަވުލުވުމުގައި ބައިވެރިވީ އިސްލާމިކް މިނިސްޓްރީއާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ހިންގަމުން އަންނަ ސިހުރުގެ އަމަލުތައް ހިނގަމުން އައި ނަމަވެސް އެފަދަ މައްސަލަތައް ރިޕޯޓްކުރުން ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އެފަދަ 10 ވަރަކަށް މައްސަލަ މީޑިއާގައި ރިޕޯޓްކޮށްފައި ވެއެވެ.