އަންނަ އަހަރު ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރޯ ޒޯންގެ ކޮލިފައިންގެ ފަހު ބުރުގެ މެޗުތަކަށް، ނެގި ޖަރުމަންގެ ސްކޮޑުން، އާސެނަލްގެ މެސްޓް އޮޒިލް އަށް ފުރުސަތު ގެއްލިއްޖެ އެވެ.
އުތުރު އަޔަލެންޑާއި އަޒަރުބައިޖާންއާ ދެކޮޅަށް ކުޅެން އެކުލަވާލި ސްކޮޑުން، އޮޒިލް އަށް ފުރުސަތު ގެއްލުނީ، މި ސީޒަންގައި ކުލަބުގައިވެސް، އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާތީ އެވެ. މި ސީޒަންގައި ހުރިހާ މުބާރާތެއްގައި، އާސެނަލް އާއެކު އޭނާ ކުޅެން ނިކުތީ ފަސް މެޗު ގައެވެ. އޭގެ ތެރޭގައި ވެސްޓްބްރޮމޮވިޗް އެލްބިއޯން އާ ދެކޮލަށް މެޗުގެ އެންމެ ފަހު 10 މިނެޓްވެސް ހިމެނެ އެވެ.
އޭނާގެ އަސްލު ކުޅުމަށް އޮޒިލް އަށް ނާދެވިގެން އުޅެނީ، އޭނާގެ ކަކުލަށް ކުރިމަތިވި އަނިޔާއަކާ ގުޅިގެން ނެވެ. އޮޒިލްގެ އިތުރުން ޔުވެންޓަސްގެ ސާމީ ކެދީރާ އާއި ބުރޫޝިއާޑޯޓަމުންޑްގެ މާރިއޯ ގޮޓޭޒްއަށްވެސް ޓީމުން ފުރުސަތު ލިބިފައެއް ނުވެ އެވެ.
"އެއީ ވަރަށް ނަސީބު ދެރަކޮށް ދިމާވި ކަމެއް އަހަރެމެންގެ ވަރަށް މުހިންމު ކުޅުންތެރިން އަހަރެމެންގެ އަތުގައި ނެތުން،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ޖަރުމަންގެ ކޯޗް ޔޯކިމް ލޯ ބުންޏެވެ. "އަހަރެން އުންމިދު ކުރަން އިންޓަނޭޝަނަލް ބްރޭކްގައި މެސްޓް އޮޒިލް އަދި ސާމީ ކެދީރާ އަނިޔާއިން ރަނގަޅު ވާނެ ކަމަށް، އެއީ މިވަގުތު އެ ކުޅުންތެރިންނަށް އެންމެ މުހިންމު ކަމަކީ، އަހަރެން ގަބޫލު ކުރަނީ ކުޅުންތެރިން އަންނަ އަހަރު ފިޓްވާނެ ކަމަށް."
ސްކޮޑުން ފުރުސަތު ގެއްލުނު ފާހަގަ ކުރެވޭ އެހެން ކުޅުންތެރިންނަކީ، އަނިޔާގައި ހުރި ކީޕަރު މެނައުލް ނޯޔާ އާއި މާރިއޯ ގޯމޭޒް އެވެ. ސްކޮޑުން ފުރުސަތު ލިބުނު ފާހަގަ ކުރެވޭ ކުޅުންތެރިންނަކީ ޖެރޯމް ބޯޓިން އާއި ލިރޯއީ ސަނޭ އެވެ.