ކުޅިވަރު

ތަށި ނުލިބިޖެނަމަ ސިޓީގެ ކޯޗްކަން ގެއްލޭނެ: ގާޑިއޯލާ

Sep 30, 2017

މެންޗެސްޓާ ސިޓީގެ ކޯޗް ކަމުގެ ވަޒީފާ ސަލާމަތް ކުރަން ބޭނުން ނަމަ، ތަށި ހޯދަން ޖެހޭ ކަމަށް، އެ ޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބީބީސީގެ މުނިފޫހި ފިލުވުމުގެ ޕްރޮގްރާމެއްގައި ބައިވެރިވެ، ވާހަކަ ދައްކަމުން، ގާޑިއޯލާ ބުނީ، ސިޓީގައި އޭނާ ހޭދަ ކުރާ މުއްދަތު ޖަޖަު ކުރަން އެނގެނީ އޭނާ ހޯދާ ތަށި ތަކުން ކަމަށެވެ. މިސިޔަ ސީޒަނަކީ، ގާޑިއޯލާގެ ސީނިއާ ކޯޗިން ކެރިއަުގައި ތައްޓަކާ ނުލާ އޭނާ ނިންމާލި ފުރަތަމަ ސިޒަނެވެ.

ނަމަވެސް މިދިޔަ އަހަރާ ހިލާފަށް، ސިޓީ އޮތީ ރަނގަޅު ފޯމެއްގަ އެވެ. ހުރިހާ މުބާރާތެއްގައި، ކުޅުނު ނުވަ މެޗުގެ ތެރެއިން، އަށް މެޗުން މޮޅުވެފައި ވާއިރު، އެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

އިނގިޜެސި ޕްރިމިއާ ލީގްގައި، ސިޓީ މިވަގުތު އޮތީ އެއް ވަނައިގަ އެވެ. އޭނާ ބުނީ ލީގް ނިމޭއިރު އެއް ވަނައިގައި ނިންމާ ނުލެއްވިއްޖެނަމަ އެއީ ވަރަށް ބޮޑު ނާކާމިޔާބެއް ކަމަށެވެ.

"ތަށި ހޯދަން ޖެހޭ ހުރިހާ އެންމެ އުންމީދު ކޮށްގެން ތިބީ އަހަރެން ތަށި ހޯދާނެ ކަމަށް އެ ހަގީގަތުން ރެކެވޭކަށް ނެތް،" ގާޑިއޯލާ ބުންޏެވެ. އަހަރެމެން ޖަޖު ކުރާނީ އަހަރެމެން ހޯދާ ތަށި ތަކުން، އެކަން ނުކުރެވިއްޖެނަމަ އަހަރެމެން ނާކާމިޔާބުވީކަން އަހަރެމެންނަށް އެނގޭ."

"އަހަންނަކަށް ނޭންގެ މުސްތަގުބަލުގައި ވާނީ ކިހިނެއް ކަމެއް، އަހަރެން މިތާންގައި [ސިޓީ ގައި] މިހުރީ ވަރަށް އުފަލުން، ނަމަވެސް އެކަން ބިނާވާނީ އަހަރެމެން ހޯދާ ކާމިޔާބު ތަކުން، މެންޗެސްޓާ ސިޓީ ފަދަ ބޮޑެތި ކުލަބުތަކުގައި ކާމިޔާބު ނުހޯދެންޏާ ވަޒީފާގައި ނުހުރެވޭނެ."

ޕްރިމިއާ ލީގްގައި ސިޓީއަށް މިރޭ އޮތީ ވަރުގަދަ މެޗެކެވެ. އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަކީ، އެއް ވަނަ މަގާމުގައި ދެމިއޮތުމާއި މަގާމު ގެއްލުމުގެ ސަބަބު ގުޅިފައިވާ މެޗެވެ. ވާދަވެރި މެންޗެސްޓާ ޔުނައިޓަޑް އޮތީ ޕޮއިންޓްގެ ގޮތުން ސިޓީ އާ އެއް ހަމައެއްގަ އެވެ. ސިޓީއަށް އެއް ވަނަ ލިބެނީ ފައިދާ ގޯލްގައި ހަތަރު ގޯލް ކުރީގައި އޮތުމުން ނެވެ.

މިދުވަސް ކޮޅަކީ، ސްޕެއިންގެ އެތެރޭގައި ދާހީލީ ބޮޑު ބަހުސެއް ހިނގާ ދުވަސްވަރެކެވެ. ބާސެލޯނާ ނިސްބަތްވާ ސަރަހަދު ސްޕެއިން ވަކިވެ ކެޓަލޯނިއާގެ ނަމުގައި ގައުމެއް އުފެއްދުމަށް ކުރާ މަސައްކަތުގައި ފޯރިގަދަ ދުވަސް ކޮޅެކެވެ. ގާޑިއޯލާ ބޭނުން ވަނީ ސްޕެއިންގެ ކޯޗަކަށް ވުމަށްތޯ ނުވަތަ ކެޓަލޯނިއާގެ ކޯޗަކަށް ވުމަށްތޯ ސުވާލު ކުރުމުން އޭނާ ބުނީ، އޭނާ ބޭނުން ވަނީ ސްޕެއިންގެ ގައުމީ ކޯޗަކަށް ވުމަށް ކަމަށެވެ.

"އަހަންނަށް ހީވަނީ އަހަރެން ބޭނުމީ ސްޕެއިންގެ ކޯޗަކަށް ވާން ހެން އަހަރެން ބޭނުން ސްޕެއިންނަށް ވޯލްޑްކަޕާއި ޔޫރޯގައި ކޯޗް ކޯށްދޭން." ގޯޑިއޯލޯ ބުންޏެވެ.