ވިޔަފާރި

ސްރީލަންކަން އިން ބެންކޮކަށް ހާއްސަ އަގެއްގައި ޓިކެޓު ވިއްކަނީ

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓު، އޭސް އޭވިއޭޝަނުން ބެންކޮކް ދެކޮޅު ޓިކެޓު 348 ޑޮލަރު (ގާތްގަނޑަކަށް 5،366ރ.) ގެ އަގެއްގައި ފެއާއެއް ތައާރަފްކޮށް ޓިކެޓު ވިއްކަން ފަށައިފި އެވެ.

އޭސް އޭވިއޭޝަނުން ބުނީ މާލެ އިން ބެންކޮކަށް ޓިކެޓު ވިއްކާ މި ހާއްސަ ފެއާގައި އިކޮނޮމީ ކްލާސް 40 ކިލޯ އާއި ބިޒްނަސް ކްލާހުން 45 ކިލޯ ލިބޭނެ ކަމަށެވެ.

މި ހާއްސަ ފެއާގައި ދަތުރު ކުރެވޭނީ އަންނަ މަހުގެ ނިޔަލަށް ޓިކެޓު ނަގާ މީހުންނަށެވެ. އަދި ދަތުރު ކުރުމުގެ ފުރުސަތު މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ބެންކޮކަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލެވެ. ހާއްސަކޮށް އަހަރު ފަހުކޮޅާއި ސްކޫލް ބަންދާ ދިމާކޮށް އެ ގައުމަށް ޒިޔާރަތް ކުރާ ދިވެހިން ވަރަށް ގިނަ އެވެ.

ސްރީލަންކަން އެއާލައިންސްއިން މީގެ ކުރިންވެސް ވަނީ އެކި ޕްރޮމޯޝަންތައް ބާއްވާފަ އެވެ. އެގޮތުން ސްރީލަންކަން އެއާލައިންސް އިން ވަނީ 40 ގައުމަކަށް ވިއްކާ ޓިކެޓުން 30 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.