އޮފްބީޓް

ސީރިއާގެ ދެ މައިން ވިހެއީ އެއް ވަގުތެއްގައި

Oct 1, 2017
1

ފާތިމާ ބްރިންސީ އަދި ގޭޑް ބްރިންސީ އެމީހުންގެ އުފަން ގައުމު ސީރިއާއިން ރެފިއުޖީންގެ ގޮތުގައި ތުރުކީއަށް ހިޖުރަކުރި ސީރިއާގައި ހިންގަމުންދިޔަ ދާހިލީ ހަނގުރާމައިން ސަލާމަތް ވުމަށެވެ. އޭގެ ފަހުން ދިރިއުޅެމުން ދިޔައީ ތުރުކީގަ އެވެ. އާއިލާގެ އެހެން މީހުންގެ ހާލެއް ނޭނގި އެވެ.

ފާތިމާ އަދި ގޭޑް މިވަނީ ހީނުކޮށް ތިއްބާ މުޅި ދުނިޔެއަށް މަޝްހޫރުވެފަ އެވެ. އެއީ ދެމައިން އެއްވަގުތެއްގައި ވިހައިގެންނެވެ. ބަލިވެ އިން ކަމުގެ އުފާވެރި ހަބަރު އެއް ހަފްތާއެއްގެ ތެރޭގައި ލިބުނު ނަމަވެސް އެއް ދުވަހު ދެމައިން ވިހާފާނެ ކަމަށް އެމީހުން ހީކޮށްފައެއް ނުވެ އެވެ.

އުމުރުން 42 އަހަރުގެ ފާތިމާ އަދި 21 އަހަރުގެ ގޭޑް މިދިޔަ ހުކުރު ދުވަހުގެ އެއް ވަގުތެއްގައި ވަނީ ވިހާފަ އެވެ. ދެމައިންގެ ދަރިން އެއް ވަގުތެއްގައި ސިޒޭރިއަން ހަދައިގެން ނެގީ ތުރުކީގެ ހޮސްޕިޓަލެއްގަ އެވެ. ދެ މީހުންނަށްވެސް ލިބުނީ ފިރިހެން ކުދިންނެވެ.

ފާތިމާ އަދި ގޭޑް އެމީހުންދެ ދަރިންނަށް ނަންކިޔާފައިވަނީ ތުރުކީގެ މިހާރުގެ ރައީސް ރަޖިޕް ތޮއްޔިބް އުރްދުގާންގެ ނަމާއި ގުޅުވާލައިގެންނެވެ. އެއްް ކުއްޖަކަށް ރަޖިޕްގެ ނަމުން ނަން ދިން އިރު އަނެއް ކުއްޖާއަށް ކިޔާފައިވަނީ ތޮއްޔިބް އެވެ.

އެކުދިންގެ ކައިރިއަށް ހޮސްޕިޓަލުގެ އިސްވެރިންވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި އެއީ "މިރެކަލް" އެއް ނުވަތަ މުއުޖިޒާތެއްގެ ގޮތުގައިވެސް ވަނީ ސިފަކޮށްފަ އެވެ. އެއީ އެ ހޮސްޕިޓަލުގައި މަންމަ އަކާއި ދަރިފުޅެއް އެކީ އެއްވަގުތެއްގައި ސިޒޭރިއަން ނުވަތަ ވިހޭ ފުރަތަމަ ފަހަރަށް ވާތީ އެވެ.