އެމެރިކަން ފުޓްބޯލް ކުޅެގެން ބޮޑު މަޝްހޫރުކަމެއް ހޯދައި އެކްޓްކުރުމާއި ބްރޮޑްކާސްޓިން ދާއިރާގއި މަސަައްކަތްވެސް ކުރި މަޝްހޫރު ތަރި އޯޖޭ ސިމްޕްސަން ނުވަ އަހަރު ފަހުން އެމެރިކާގެ ނެވާޑާ ސްޓޭޓްގެ ޖަލުން މިނިވަންކޮށްފި އެވެ.
ހަތިޔާރާ އެކު ފޭރުނު ކަމުގެ ކުށުގައި އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ނެވާޑާގެ ލަވްލޮކް ކަރެކްޝަނަލް ސެންޓަރުގައި ބަންދުކޮށްފަައި ހުންނަތާ ނުވަ އަހަރުވެފައިވާ ސިމްޕްސަން މިނިވަން ކުރީ ޕެރޯލްގެ ދަށުންނެވެ. އޭނާއަށް ޖަލު ހުކުމެއް އައީ ލަސްވެގާސްގެ ކެސީނޯ ހޮޓަލެއްގައި ހަނދާނީ ތަކެތީގެ ވިޔަފާރި ކުރާ ބަޔަކަށް ހަތިޔާރުން ބިރު ދައްކައިގެން ފޭރުނު ކަމުގެ ކުށުގައެވެ.
ސިމްޕްސަންގެ އަމިއްލަ އެއްޗެއްތި ކަަމަށް އޭނާ ބުނާ ތަކެތި އަތުލި އެހާދިސާ ހިނގީ 2007 ވަނަ އަހަރު އެވެ.
ޖަލުން މިނިވަން ކުރިޔަސް ސިމްޕްސަން އުޅޭ ނޫޅޭގޮތް ސްޓޭޓް ޑިވިޝަން ފޯ ޕެރޯލް އެންޑް ޕްރޮބޭޝަން އިން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހާ ހަމައައަށް ބަލަމުން ދާނެއެވެ. (ނިއޔޯކް ޑެއިލީ ނިއުސް)