ހަބަރު

ބަނގުރާ ގެންގުޅުނީ އޮޅުމަކުން ކަމަށް ބުނުމުން ސަލާމަތްވެއްޖެ

ކުރިމިނަލް ކޯޓު - އަހުމަދު ޝުރާއު \ އަވަސް
0%
0%
0%

ގެންގުޅުނު ފޮށިތަކެއްގައި ހުރީ ބަނގުރާ ފުޅިތަކެއްކަން ނޭނގޭކަން ކުރިމިނަލް ކޯޓުގައި ސާބިތު ކޮށްދިނުމުން ދެ މީހަކަށް ދައުލަތުން ކުރި ދައުވާއިން ސަލާމަތްވެއްޖެ އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ކުރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ދައުލަތުން ދެ މީހެއްގެ މައްޗަށް އުފުލި ގަވައިދާ ހިލާފަށް ރާއްޖެއަށް ބަނގުރާ އެތެރެކުރުމުގެ ދައުވާގެ ޝަރީއަތް ހިންގުމަށްފަހު އެވެ. އެ ދައުވާގައި ދައުލަތުން ބުނެފައިވަނީ މަޖީދީމަގު ސްޓާ ސިނަމާ ކައިރިން ތިން ފޮށީގެ ބަނގުރާ އެ ދެ މީހުން ގެންގުޅިފައިވާ ކަމަށެވެ.

ހުކުމްގައި ބުނެފައިވަނީ ދައުލަތުން އެހެން ބުނި ނަމަވެސް އެކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އެކަމަކު ދިފާއުގައި އެ ދެ މީހުން ހުށަހެޅި ހެއްކާއި ޝަރީއަތުގައި ދެއްކި ވާހަކަތަކުން އެ ފޮށިތަކުގައި ހުރި އެއްޗެއް އެމީހުންނަށް އޮޅިފައިވާކަން ޝަރީއަތަށް ގަބޫލުކުރެވޭ ކަމަަށެވެ.

އެކަން ސާބިތުވާ މިންވަރަށް ދިފާއުގައި ހެކި ހުށަހަޅާފައިވާތީ، ދައުލަތުން ކުރި ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ނިންމާފަ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345