ދުނިޔެ

ލަސް ވެގަސްގައި ދިން ބަޑީގެ ހަމަލާތަކެއްގައި 50 މީހުން މަރުވެއްޖެ

އެމެެރިކާގެ ނެވާޑާ ސްޓޭޓްގެ އެންމެ ބައިބޯ ސަހަރު ކަމަށްވާ ލަސް ވެގަސްގައި މިއުޒިކް ފެސްޓިވަލެއް ކުރިއަށް ދިޔަ ތަނަކަށް މީހަކު ބަޑިން ހަމަލާދީ 50 މީހުން މަރާލައިފި އެވެ.

ސީއެންއެން ބުނީ ލަސް ވެގަސްގެ މަންޑަލޭ ބޭ ރިޒޯޓް އެންޑް ކެސީނޯގެ ބޭރުގައި އެންމެ މީހަކު ދިން އެހަމަލާގައި މަރުވި މީހުންގެ އިތުރުން 100 އަށް ވުރެ ގިނަ މީހުން ޒަހަމްވި ކަމަށެވެ.

މިއަދުގެ (އެމެރިކާއަށް އާދީއްތަ ދުވަހުގެ ރޭ) ގެ ވަގުތެއްގައި ހިނގި އެހާދިސާގައި ހަމަލާ ދިން މީހާ ވަނީ ފުލުހުންގެ ހަމަލާއެއްގައި މަރުވެފަ އެވެ. ފުލުހުން މީޑިއާއަށް ބުނެފައި ވަނީ ހަމަލާތައް ދިން ކަމަށް ތުހުމަތު ކުރެވެނީ އޭނާ އެކަނި ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގަށް އަންހެނަކު ހޯދަމުން އަންނަ ކަމަށާއި އެއީ ހަމަލާ ދިން މީހާއާއެކު އެ ސަރަހައްދަށް ދިޔަ މީހެެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހަމަލާތަކުގައި މަރުވި އަދި ޒަހަމްވީ މީހުންގެ ތެރޭގައި އޮފް ޑިއުޓީ ފުލުހުން ހިމެނެއެވެ. ހަމަލާތައް ދިން މީހާގެ މަގުސަދާ ބެހޭ ގޮތުން އެމެރިކާ ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ. ވިހި މީހުން މަރާލައި 100 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލި ނަމަވެސް އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަކަށް އެމެރިކާ ސަރުކާރަކުން ވެސް އެގައުމުގެ މީޑިއާތަކުން ވެސް ނުބުނެއެވެ.