ޕެރަޑައިސް އައިލެންޑް ރިސޯޓް

ޕެރަޑައިސްގެ ދެ ވޯޓާ ވިލާއެއްގައި ރޯވެ އަނދައިފި

Oct 3, 2017
2
ޕެރަޑައިސްގެ ވޯޓާ ވިލާތަކުގެ ދެ ކޮޓަރިއެއްގައި މިއަދު އަލިފާން ރޯވެފައި: މިއަދުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ -- ފޮޓޯ: އަވަސް
0%
0%
0%

މާލެ ކައިރީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ރިސޯޓަށް ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ. އެ ރަށުގައި އެމްއެންޑީއެފްގެ ސިފައިން ގެންދަނީ ހަރަކާތްތެރިވަމުންނެވެ. އެ ރިސޯޓުން ބުނީ ވޯޓާ ވިލާތަކުގެ ދެ ވިލާއެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށް ނިއްވާލާފައިވާ ކަމަށެވެ.

ޕެރަޑައިސްގެ އަލިފާން ކޮންޓްރޯލް ކުރީ އެ ރަށުގައި އޮންނަ ފަޔާ ބްރިގޭޑް ބޭނުންކޮށްގެނެވެ. އެކަމުގައި ސިފައިންނާއި ރިސޯޓްގެ މުވައްޒަފުން ވެސް ހަރަކާތްތެރިވި އެވެ. ނުރައްކާތެރި އެ އަލިފާނުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

މިއަދު އަލިފާން ރޯވީ ރިސޯޓްގެ 64 ވޯޓާވިލާ ހިމެނޭ ބައިގެ ތެރެއިން 718 އާއި 717 ނަމްބަރު ވިލާގަ އެވެ. އޭގެ ތެރެއިން 718 ނަމްބަރުގެ ވިލާ ވަނީ އެއްކޮށް އަނދައިގެން ގޮސްފަ އެވެ. އަނެ އްވިލާގެ ވެސް ބޮޑުބަޔަކަށް ގެއްލުންވެފައި ވެއެވެ.

އަލިފާން ރޯވި ދެ ވިލާގެ ތެރެއިން ވިލާއެއްގެ އަލިފާން ނިއްވާލާފައި -- ފޮޓޯ: އަވަސް

މިއަދު އެ ދެވިލާގައި އަލިފާން ރޯވެފައި ވަނީ އެ ދެތަނުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޓޫރިސްޓުން ފުރައިގެން ދިއުމަށް މިއަދު ހެނދުނު ޗެކްއައުޓްވީ ފަހުން 8:30 އެހާކަންހާއިރު އެވެ.

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް 1994 ވަނަ އަހަރުގެ ތަރައްގީކޮށް ފަހުން ރިނޮވޭޓްކޮށްފައިވާ ރިސޯޓްގައި މިއަދު ހިނގި އަލިފާން ނިއްވާލަން ބައިގަޑިއެއްހާއިރު ނެގި އެވެ. އަލިފާން ނިއްވާލި އިރު ގިނަ އަދަދެއްގެ ޓޫރިސްޓުން މަންޒަރު ބަލަން ނުކުމެ ތިއްބެވެ. އަލިފާނުގެ އެ ހާދިސާ މިހާރު ގެންދަނީ ބަލައި ތަހުގީގު ކުރަމުންނެވެ. މިއަދު އަލިފާން ރޯވި އިރު ރިސޯޓަށް ވާރޭ ވެހި ވިލާތަކުގެ ފުރާޅުތައް ތެމިފައި ހުރުމުގެ ސަބަބުން އަލިފާން ނިއްވާލުމުގައި ފަސޭހަވި އެވެ. ރޯވި ދެ ވޯޓާ ވިލާ ހިމެނޭ ފަތީގެ ރޫމްތައް ހަދާފައި ވަނީ ލަކުޑިންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކޮމެންޓް ހަފީޒާ

ރިސޯޓް އަލިފާން އަސްލުގައި ރާއްޖޭގައި ވަރަށް މަދު، އެކަމަކު މިއީ ވަރަށްބޮޑަށް ވިސްނައި ހޭލައި ތިބެންޖެހޭނެ ކަމެއް

އާދީ

މިއީ ދެރަ ކަމެއް، އެކަމަކު މިއަދު އެންމެ ހިތްހަމަ ޖެހުނު ކަމަކީ އަވަހާ ނިއްވާލެވުނުކަން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345