ދުނިޔެ

ދިވެހިން ޑައިވާސިޓީ ވިސާއަށް ހުށަހަޅަން އެމެރިކާއިން ހުޅުވާލައިފި

އެމެރިކާގައި ދިރިއުޅެ މަސައްްކަތް ކުރުމުގެ ދާއިމީ ވިސާއެއްގެ ގޮތުގައި ދޫކުރާ "ޑައިވާސިޓީ ވިސާ" ނުވަތަ ގްރީން ކާޑް" ހޯދަން ގުރުއަތުގައި ދިވެހިންނަށާއި ސްރީލަންކާ މީހުންނަށް އެގައުމުން ހުޅުވާލައިފި އެވެ.

ކޮލަމްބޯގައި ހުންނަ އެމެރިކާ އެމްބަސީންް އިއްޔެ ބުނީ މިހިނގާ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ އެ ގުރުއަތުން ހޮވޭ މީހުންނަށް ވިސާ ލިބޭނީ 2019 ވަނަ އަހަރު ކަމަށެވެ. އަދި ބުނީ ހޮވޭ ފަރާތްތަކާ އިންޓަވިއު ކުރާނީ 2018 ވަނަ އަހަރު ކަަމަށެވެ.

ޑައިވާސިޓީ ލޮޓަރީގައި ބައިވެރި ވުމަށް ކުރަން ޖެހޭނެ ކަމަކީ އެމެރިކާ އެމްބަސީގެ ވެބްސައިޓްގައިވާ ފޯމް ފުރިހަމަ ކުރުމެވެ. އެފޯމް ފުރައި އެޕްލައި ކުރުމަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ.

ސަމާލުވާންވީ ކަންތައް ތަކަކީ:

އެއް ފަހަރަށް ވުރެ ގިނައިން އެޕްލައި ނުކުރުން. އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެޕްލައި ކޮށްފި ނަމަ އެމީހަކު ޑިސްކޮލިފައި ވާނެއެވެ.
ޑައިވާސިޓީ ވިސާ ލޮޓަރީގައި ބައިވެރިވާން ޝަރުތު ހަމަވޭތޯ ބެލުން.
އެޕްލައި ކުރީމާ ލިބޭ ކޮންފޮމޭޝަން ނަމްބަރު ރައްކާކޮށްފައި ބޭއްވުން.


އެޕްލައި ކުރެވޭނީ މި ލިންކުން :

ޑައިވާސިޓީ ވިސާގެ ގުރުއަތުން ހޮވުނުތޯ ނޫންތޯ ބެލުމަށް އެޕްލައި ކުރި ފަރާތްތަކުން 2018 ވަނަ އަހަރު ފެށުމުން އަމިއްލައަށް ބަލަން އެމްބަަސީން އެދެއެވެ. އަދި ހޮވޭ ފަރާތްތަކުން އިތުރު ބައެއް މައުލޫމާތު ދޭން ޖެހޭނެއެވެ. އެގޮތުން ބޭނުންވާނެ މައުލޫމާތު ތަކުގެ ތެރޭގައި މެޑިކަލް ސެޓްފިކެޓަކާއި ޕޮލިސް ކްލިއަރެންސް ހިމެނެއެވެ. ވިސާ ލިބޭކަން ނުވަތަ ނޫންކަން ކަނޑައަޅާނީ އިންޓަވިއު ކުރުމަށް ފަހުގައެވެ.

ޑައިވާސިޓީ ވިސާ ލޮޓަރީގެ ނަމުގައި ބައެއް ފަރާތްތަކުން އޮޅުވާލައިގެން ކަންތައްތައް ކުރާ ކަން އެމެރިކާ އެމްބަސީން ވަނީ ފާހަގަކޮށްފައެވެ.