ވިޔަފާރި

ނިއު ޔޯކް ޓައިމްސް ޓްރެވަލް ޝޯގައި އަޓާއިން ބައިވެރިވަނީ

އެމެރިކާގައި ބޭއްވި ނިއުގައި ބާއްވާ "ނިއު ޔޯކް ޓައިމްސް ޓްރެވަލް ޝޯ 2018" ގައި އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް (އަޓާ) އިން ބައިވެރިވާން ނިންމައިިފި އެވެ.

އަޓާ އިން ބުނީ އަންނަ އަހަރުގެ ޖެނުއަރީ 26 އިން 28 އަށް ބާއްވާ މި ފެއާއަކީ ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދުނިޔޭގެ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ.

"ނިއު ޔޯކް ޓައިމްސް ޓްރެވަލް ޝޯ 2018" ގައި 8000 ގިނަ ޓޫރިޒަމް ދާއިރާގެ ކުންފުނިތަކާއި 900 އަށްވުރެ ގިނަ މީޑިޔާ އައުޓްލެޓުން ބައިވެރިވެފައިވާ ކަމަށެވެ.

އެމެރިކާއަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު އެއް މާކެޓެވެ. ޓޫރިޒަމުގެ ސޯސްމާކެޓެއްގެ ގޮތުގައި ބަލަމުން އަންނަ އެމެރިކާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ.

މި އަހަރު ބޭއްވި "ނިއު ޔޯކް ޓައިމްސް ޓްރެވަލް ޝޯ" ގައި 170 ގައުމުން 9،000 ގިނަ ކުންފުނި ބައިވެރިވެފައިވާއިރު، 20،000 ގިނަ މީހުން ޒިޔާރަތް ކުރި އެވެ.