ހއ. ހޯރަފުށި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި

Oct 5, 2017
1

ގިނަ އަދަދެއްގެ މަސްތުވާ އެއްޗެއްސާއެކު ހއ. ހޯރަފުށިން ކުޑަ ކުއްޖަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހޯރަފުށީގައި ގާއިމުވެ ފުލުހުން ހިންގި އޮަޕަރޭޝަނެއްގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށާއި ފުލުުންހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މަހުގެ އެއްވަނަ ދުވަހު އޭނާ ހައްޔަރުކޮށް ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުވި އެއްޗެހި ހުރި 150 ރަބަރު ކޮޅާއި ބްލެޓް ސައިޒުގެ ތިން ޕެކެޓް ފެނިފައިވެއެވެ. އެ ކުއްޖާގެ ބަންދާމެދާމެދު ގޮތެއް ނިންމުމަށް ފަހު މިހާރު ވަނީ ތަހުގީގެއް ފަށާފަ އެވެ.