މަސްތުވާތަކެތި

ތިން ރަށަކުން މަސްތުވާތަކެތި އަތުލައިފި

އަތޮޅުތަކުގެ ތިން ރަށަކަށް ގެންދަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ހއ. ހޯރަފުށްޓާއި، ލ. އިސްދޫ އާއި ޅ. ކުރެންދޫއަށް ގެންދަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އިސްދޫ އާއި ހޯރަފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރެންދޫއަށް މަސްތުވާތަކެތި އަރުވަން އުޅުނު ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ

ފުލުހުން ބުނީ މާލެއިން އިސްދުއަށް ދަތުރު ކުރި ބޯޓެއްގައި އެ ރަށަށް މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދީ އެ ބޯޓުގައި ހުރި ފޮށިގަނޑަކުން ކަމަށެވެ. ހޯރަފުއްޓަށް އަރުވަން އުޅުނު މަސްތުވާތަކެތި އަތުލައިގަތީ މާލެއިން އެ ރަށަށް ދިޔަ ބޯޓެއްގައި ހުރި ވެރިޔަކު ނުވި ފޮށިގަނޑަކުން ކަމަށެވެ.

ކުރެންދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.