ހަބަރު

އީޔޫގެ ގަރާރު އޮތީ ވަކި ކޮޅަކަށް ޖެހިފައި: ސަރުކާރު

Oct 6, 2017
2

ރާއްޖެއާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފާސްކުރި ގަރާރަކީ ވަކިކޮޅަކަށް ޖެހި، އިންސާފެއް ނެތް ގަރާރެއް ކަމަށް ސަރުކާރުން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ގަރާރުގައި އޮތީ ހަގީގަތާއި ހިލާފު ސައްހަ ނޫން މައުލޫމާތުތަކެއް ކަމަށާއި އެއީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ނެރެފައިވާ ބަޔާނެއް ކަމަށެވެ. އަދި އެބަޔާން ރާއްޖެއިން ބަލައިނުގަންނަ ކަމަށްވެސް ބުނެފައިވެ އެވެ.

އީޔޫ އިން ނެރުނު ބަޔާނުގައި ފާއިތުވެދިޔަ އަހަރުތަކުގައި ޑިމޮކްރަސީއާއި އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ހޯދައިފައިވާ ކުރިއެރުންތަކަށް އެއްވެސް ވަރަަކަށް ބަލާފައި ނުވާ ކަމަށް ބުނެފައިވެ އެވެ. އަދި ސައްހަ ނޫން މައުލޫމާތު ތަކާއެކު އީޔޫއިން ބަޔާން ނެރުމަކީ ރާއްޖެއިން އެކަމާ ހިތާމަކުރާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ ހާލަތު ބެލުމަށް އީޔޫގެ ވަފުދެއް ރާއްޖެ އަންނަން ތައްޔާރުވަމުންދާއިރު އެ ވަފުދަށް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށާއި ރާއްޖޭގެ ހާލަތު ގާތުން ބެލުމުގެ ފުރުސަތު ދީ އެއްބާރުލުން ސަރުކާރުން ދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް) ގެ ވާހަކަތައް ބަލައިގަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. މީގެ އިތުރުން އެ ބަޔާނުގައިވެސް ސަރުކާރުން ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކަށް ވަނީ ގޮވާލާފަ އެވެ. އަދި އެ މަޝްވަރާތަކުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ވީހާވެސް އަވަހަށް ބާރު އަޅައި ދިނުމަށް އީޔޫގެ ކިބައިން ވަނީ އެދިފަ އެވެ.

އީޔޫއިން މިއަދު ފާސްކުރި ގަރާރުގައިވަނީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލާފަ އެވެ.