ވިޔަފާރި

މޮބައިލް ޕްލޭން ހަދާލެވޭ އެޕް ދިރާގުން ލޯންޗުކޮށްފި

ދިރާގުން މޮބައިލް ޕްލޭން ހެދޭ ގޮތަށް އެޕްލިކޭޝަނެއް "މަމެން" ގެ ނަމުގައި ލޯންޗްކޮށްފި އެވެ.

ދިރާގުން ވިލިމާލޭގައި ކުރިއަށް ގެންދިޔަ "ދިރާގު ޔޫތު ފެސްޓް" ގައި ނެރުނު "މަމެން" ބޭނުންކޮށްގެން އެ މީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، ޓެކްސް ހަމަޖެއްސޭނެ އެވެ. މަދުން ޑޭޓާ ބޭނުންވާ މީހުންނަށް އެކަން އަމިއްލަ އަށް ކުރެވޭނެ އެވެ. އެމީހަކު ބޭނުންވާ ގޮތަށް މޮބައިލް ޕްލޭން އެމީހަކަށް އަމިއްލަަށް "މަމެން" ބޭނުންކޮށްގެން ހެދޭނެ އެވެ. އެކި މަހު އެކި ޕްލޭންތައް ވެސް ހަދާލެވޭނެ އެވެ.

"މަމެން" ބޭނުންކޮށްގެން އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، ޓެކްސް ހަމަޖެއްސޭނެ އެވެ. މަދުން ޑޭޓާ ބޭނުންވާ މީހުންނަށް އެކަން އަމިއްލައަށް ކުރެވޭނެ އެވެ. އެމީހަކު ބޭނުންވާ ގޮތަށް މޮބައިލް ޕްލޭން އެމީހަކަށް އަމިއްލަަށް "މަމެން" ބޭނުންކޮށްގެން ހެދޭނެ އެވެ. އެކި މަހު އެކި ޕްލޭންތައް ވެސް ހަދާލެވޭނެ އެވެ.

މި ޕްލޭން ތައާރަފު ކުރުމުގެ ގޮތުން މަމެންގެ ފުރަތަމަ 100 ކަސްޓަމަރުންނަށް ވަނީ ހިލޭ ސިމް އަދި 10 ޖީބީގެ އިންޓަނެޓް ޕެކޭޖެއް ދީފައެވެ.

މިހާރު އޮންނަ އެންމެ ބޮޑު ޝަކުވާއަށް މީގެ ސަބަބުން ނިމުން އަންނާނެ އެވެ. ޑޭޓާ ހުސްވެގެންދާ ގޮތް ނޭނގުމެވެ. "މަމެން" އިން ޑޭޓާ ބޭނުން ކުރެވެމުންދާ ގޮތް ވަގުތުން ވަގުތަށް ފެންނަން ހުންނާނެ އެވެ.