ވިޔަފާރި

ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް އިއްބަޑޭ

ރާއްޖޭގެ މަޝްހޫރު ފްލައިބޯޑު ކުރުންތެރިޔާ އިބްރާހިމް ހުސެއިން (އިއްބަޑޭ)، ދިރާގުގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސައިިފި އެވެ.

ދިރާގުން ވިލިމާލޭގައި މިއަދު ބޭއްވި ""ދިރާގު ޔޫތު ފެސްޓް" ގައި އެ ކުންފުނިން ވަނީ އާ ބްރޭންޑް އެމްބެސެޑަރަކަށް އިއްބަޑޭ ހަމަޖެއްސިކަން އިއުލާނުކޮށްފަ އެވެ.

އިއްބަޑޭ ވަނީ ފްލައިބޯޑުން ރާއްޖެއަށް ރީތިނަން ހޯދައިދީފަ، މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކާމިޔާބީއަކީ މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ދުނިޔޭގެ ފްލައިބޯޑު މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދުމެވެ.

ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ގަދަ 16 އަށް ދިޔައީ "ޕްރޯ ފްލައިބޯޑާސް" ބައިންނެވެ. އޭނާ ވަނީ މިދިޔަ އަހަރު މި މުބާރާތުގައި ވާދަކޮށް ގަދަ 26ގައި ހިމެނިފަ އެވެ.

ދިރާގުން ދަނީ އެކި ދާއިރާތަކުގެ ފާހަގަ ކޮށްލެވޭ ފަރާތްތައް ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސަމުންނެވެ.