ކުޅިވަރު

ކޮލިފައިންގެ ފަހު މެޗަށް ކޮރޭޝިއާގެ ކޯޗް ބަދަލު ކޮށްފި

Oct 8, 2017

ވޯލްޑް ކަޕް ކޮލިފައިންގައި، ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ ކޮލިފައި ނުވެދާނެ ހެން، ހީވުމުން، ކޮރޭޝިއާގެ ކޯޗަކަށް ހުރި އެންޓީ ކެސިކް ވަކި ކުރުމަށްފަހު، ކޮލިފައިންގެ ފަހު މެޗަށް ޒްލެޓްކޯ ޑަލިކް ހަމަޖައްސައިފި އެވެ.

ކޮރޭޝިއާ ހިމެނޭ ގުރޫޕްގެ 'އައި' ގެ އެއްވަނައިގައި އޮތީ، އައިސްލޭންޑެވެ. އެ ޓީމު އެއް ވަނަމަގާމަށް ޖެހިލީ ހުކުރު ދަވުހުގެ ރޭ، ތުރުކީ ބަލި ކުރުމަށްފަހު އެވެ. އޭގެ ކުރިން އެއް ވަނަ މަގާމުގައި އޮތީ ކޮރޭޝިއާ އެވެ. ނަމަވެސް އެ ޓީމަން ފިންލޭންޑް އަތުން މޮޅު ނުވެވުމުން އެއް ވަނަ މަގާމު ގެއްލުނީ އެވެ. ކޮރޭޝިއަށް ދެ ވަނަ ލިބެނީ ލަނޑުގެ ތަފާތުން ކުރި ލިބެތީ އެވެ. އެ ޓީމަށް ޕޮއިންޓް ލިބިފައި ވަނީ ތިން ވަނައިގައި އޮތް، ޔޫކްރޭން އާ އެއްވަރަކަށެވެ.

ޗެލްސީ އާއި އޭސީ މިލާންގެ ކުރީގެ ފޯވަޑް އަންދުރޭ ޝެވެޗެންކޯ ކޯޗް ކޮށްދޭ، ޔޫކްރޭން ވަނީ ކޮސްވާ އަތުން މޮޅުވެ، ވޯލްޑްކަޕްގެ އުންމީދު ދަމަހައްޓާފަ އެވެ. ކޮރޭޝިއާ އަށް ފަހު މެޗަކަށް އޮތީ، ޔޫކްރޭން އާއި ދެކޮލަށް ކުޅެ މެޗެވެ. އެ މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ، ޔޫކްރޭންގަ އެވެ.

ޑަލިކް50 ކޯޗިން ކެރިއާ ފެށީ 2005 ވަނަ އަހަރު އެވެ. ކޯޗެއްގެ ގޮތުގައި އޭނާ އެންމެ ބޮޑު ކުރި އެރުމއް ހޯދީ އަރަބި އެމިރޭޓްސްގެ އަލް އަޔަންއަށް ކޯޗް ކޮށްދިން އިރު އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގެ ނިޔަލަށް އަލްއައިން އަށް ކޯޗް ކޯޗް ކޮށް ދީފަ އެވެ. އޭނާ ވަނީ މިދިޔަ އަހަރު، އޭއެފްސީ ޗެމްޕިއަންސް ލީގް ފައިނަލަށް އެ ޓީމު ގެންގޮސް ދީފަ އެވެ. ޑަލިކް ވަނީ ކޮރޭޝިއާގެ 21 އަހަރުން ދަށުގެ އެސިސްޓެންޓް ކޯޗް ކަން މީގެ ކުރިން ކޮށްފަ އެވެ.

ޔޫކްރޭން އާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ވެގެން ނޫނީ، ކޮރެޝިއާ އަށް ވޯލްޑްކަޕްގެ އުންމިދެއް ލިބެން ނެތެވެ. ޔޫރަޕްގެ ކޮލިފައިން ބުރުގައި، ނުވަ ގުރޫޕްގެ އެއް ވަނަ އަށް ދާ ޓީމު ސީދާ ކޮލިފައި ވާނެ އެވެ. ދެ ވަނަ މަގާމުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ އަށް ޓީމު ވަންނާނީ، ޕްލޭއޮފްގެ ދެ ލެގް މެޗު ހިމެނޭ ބުރަށެވެ.

ކޯޗް ކަމުން ވަކި ކުރި ކެސިކް އަކީ ކޮރޭޝިއާގެ ފުޓްބޮޅަ ސަޕޯތަރުންގެ މެދުގައިވެސް އެހާ މަޝްހޫރު ނޫން މޫނެކެވެ. ކޮލިފައިންގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އޭނާ އަށް ހޯދައި ދެވުނީ ހަތަރު ޕޮއިންޓެވެ.