ހަބަރު

ގާނޫނީ ވަކީލަކު ކުޑަ ކުއްޖަކާއެކު ގެސްޓުހައުސް އަކުން ހައްޔަރުކޮށްފި

Oct 8, 2017
3

ގާނޫނީ ވަކީލަކު ކުޑަކުއްޖަކާއެކު ގެސްޓު ހައުސްއެއްގެ ކޮޓަރިއެއްގައި އޮއްވާ ހައްޔަރުކޮށްފި އެވެ.

ފުލުހުންވެސް ވަނީ އެކަހަލަ ކަމެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދީފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 4:15 އިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގދ. ތިނަދޫގެ ގެސްޓުހައުސް އެއްގެ ކޮޓަރިއެއް ތެރެއިން 18 އަަހަރު ނުފުރޭ އަންހެން ކުއްޖަކާއެކު އޮތް ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހައްޔަރު ކޮށްފައިވަނީ ތިނަދޫގައި ހުންނަ ކޭވަކު ގެސްޓު ހައުސް އިންނެވެ.