ހަބަރު

ތިނަދޫގައި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ

Oct 9, 2017

ގދ. ތިނަދޫގައި ހުންނަ އުރީދު އެންޓަނާ ކައިރީ އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގައިގެން އުޅޭކަން ރިޕޯޓުކޮށްފައިވަނީ މިރޭ 11:25 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ. އަދި އެ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށްވެސް ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ބުންޏެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނެ އެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އައްޑޫ ސިޓީގައިވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފަ އެވެ. އެ އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކަކު މިހާރު ވަނީ މާލެ ގެނެސްފަ އެވެ. އެހެން މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ.