ހަބަރު

ދައުލަތުގެ ކާރެއްގައި ރޯކޮށްލައިފި

Oct 9, 2017
2

ސަރުކާރުގެ ވުޒާރާއެއްގައި ބޭނުންކުރާ ކާރެއްގައި ރޯވެ އަނދައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ކާރުގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ގާތްގަނޑަކަށް 03:03 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފުން އެ ކާރުގައި ރޯވި އަލިފާން ގާތްގަނޑަކަށް 03:13 ހާއިރު ނިއްވާލާފައިވާ ކަމަށެވެ.

އެ ކާރުގައި އަލިފާން ރޯވެފައިވަނީ ޖަނަވަރީ މަގުގައި ޕާކުކޮށްފައި އޮއްވަ އެވެ. އެ ހާދިސާގައި ކާރުގެ ފަހަތު ސީޓު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ ކާރުގެ ފަހަތު ސީޓުގެ ދޮރުފަތުގައި ހިމެނޭ ބިއްލޫރިގަނޑާއި ކާރުގެ ފަހަތުގައި ވާ ބިއްލޫރިގަނޑު ތެޅިފައިވާ ކަމަށް ވެސް ބުންޏެވެ.

ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގް ކުރަމުންނެވެ.