ހަބަރު

މާލެ ޖަލަށް ވަދެގަތް ގްރޫޕެއް ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

Oct 9, 2017
1

މާލެ ޖަލަށް ވަދެ، އިންޒާރު ދިން ގްރޫޕެއް ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުންގެ މީޑިއާ ވެބްސައިޓް، ޕޮލިސްލައިފް މެދުވެރިކޮށް އާންމު ކުރި ވީޑިއޯއިން ފެންނަ ގޮތުގައި 10 ވަރަކަށް ޒުވާނުން މާލޭ ޖަލުގެ ވެއިޓިން އޭރިއާއަށް ވަދެ އެތަނުގައި ހުރި އޮފިޝަލަކާ ވާހަކަތަކެއް ދައްކާތަން ފެނެ އެވެ. އަދި އެއަށް ފަހު ޖަލުގެ ވެއިޓިން އޭރިއާ ދޫކޮށްދާތަން ފެނެ އެވެ. އެނގިފައިވާ ގޮތުގައި މި 10 ޒުވާނުން ނަކީ މާލެ ޖަލަށް ވަދެ އެތަނުގެ އޮފިޝަލުންނާ އިންޒާރުދީ ބިރު ދެއްކި ޒުވާނުންތަކެކެވެ.

މީހުން ހޯދަން ފުލުހުން އާންމުކުރި ވީޑިއޯ.

ވީޑިއޯ އާންމު ކުރަމުން ފުލުހުން ބުނެފައި ވަނީ ވީޑިއޯ އިން ފެންނަ ޒުވާނުންނަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ހޯދާ ބައެއް ކަމަށެވެ.

މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތު ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ނަމްބަރު 9631696 ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.