ވިޔަފާރި

މިރިއަންދޫ ރިސޯޓު 2019 ގައި ހުޅުވަނީ

މިރިޔޮޓް އިންޓަނޭޝަނަލްގެ ވެސްޓިން މޯލްޑިވް މިރިއަންދޫ ރިސޯޓު 2019 ވަނަ އަހަރު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ މޯލްޑިވްސްއިންސައިޑާގައިވާ ގޮތުން ބ. މިރިޔަންދޫގައި ތަރައްގީ ކުރާ މި ރިސޯޓު ފަރުމާކޮށްފައިވާ އިޓަލީގެ ކުންފުންޏަކުންނެވެ.

ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) އިން ފުރައިގެން މޫދައް ޖައްސާ ބޯޓުގައި 40 މިނެޓުން ދެވޭ މި ރިސޯޓު ފަރުމާ ކޮށްފައިވަނީ ޒަމާނީ ކުލަތަކާއި ލޯކަލް ފާޑުވެރިކަން ވެސް ހިމަނައިގެންނެވެ.

ޔުނެސްކޯ އިން ހިމާޔަތްކޮށްފައިވާ ބަރޮސްފިއާ ރިޒާޒު އޮންނަ ބ. އަތޮޅުގައި ތަރައްގީ ކުރާ މި ފުރިހަމަ ރިސޯޓުގައި 70 އެންމެ މަތީ ފަންތީގެ 70 ވިލާ ހިމެނެ އެވެ. މީގެ އިތުރުން މީރު ރަހަތައިގެ ގިނަ ބާވަތްތައް ހިމެނޭ ރެސްޓޯރެންޓްތަކާއި ފިޓްންސް ބާ ފަދަ ވަސީލްތައް ވެސް ހުންނާނެ އެވެ.

ވެސްޓިން މޯލްޑިވްސް މިރިޔަންދޫ ރިސޯޓުގެ އިތުރުން 2019 ވަނަ އަހަރު އަވާނީ ފަރެސް އާއި މައިނާ ގްރޫޕުގެ އިތާފުށި ރިސޯޓު ހުޅުވަން ވެސް ދަނީ ތައްޔާރުވަމުންނެވެ.