ވިޔަފާރި

އެސްޓާސްގެ ޕްރީއޯޑާ ބެޑްރޫމް ސެޓު: އަގުހެޔޮވީ މާބޮޑަށް!

އެސްޓާސްގެ ޕްރީ-އޯޑަރު ވީޑިއޯ-- އަވަސް ވީޑިއޯ: ޝަންމޫން

މި ގޭގެ ކޮޓަރި ނިމިއްޖެ އެވެ. މިހާރު ބޭނުންވަނީ ވަރަށް ހިތް ގައިމު ބެޑްރޫމް ސެޓެކެވެ. އެކަމަކު އަގު ހެޔޮކޮށް މި ގެއަށް ފަރުނީޗަރު ހޯދާނީ ކިހިނެއް ހެއްޔެވެ؟ ބާޒާރަށް ގޮސް އެނދެން ގަންނަން ބެލިއިރު މާ އަގު ފަލަ އެވެ. އެކަމަކު މިހާރު އެކަމާ ބޯ ގާނާކަށް ނުޖެހެ އެވެ. "އެސްޓާސް" މިހާރު ވަނީ އޮންލައިންކޮށް ދުރާލާ އޯޑަރު ދިނުމުން ފަރުނީޗަރު ގެނެސް ދިނުމުގެ ހިދުމަތް ވެސް ފަފައިދީފަ އެވެ. މި ގޮތަށް އޯޑަރު ދިނުމުން ފަރުނީޗަރު އަގު ހެވީ މާބޮޑަށެވެ. އެވެސް ބޭނުންވާ ގޮތަށެވެ.

"ބެޑްރޫމް ސެޓަށް ޕްރީ-އޯޑަރު ދިނުމުން ވަރަށް އަގު ހެޔޮވެގެންދޭ މިއީ ބެޑްރޫމް ސެޓު ހޯދަން ރަނުގެ ފުރުސަތެއް،" އެސްޓާސްގެ އިސް އޮފިޝަލް ވިދާޅުވި އެވެ.

އެސްޓާސް އިން ހުޅުވާލާފައިވާ މި ފުރުސަތުގައި ދުރާލާ އޯޑަރު ދިނުމުން ގެނެސްދެނީ ފެންވަރު ރަނގަޅު ފަރުނީޗަރު ސެޓުތަކެވެ.

ސުވާލަކީ ޕްރީ-އޯޑަރު ކުރާނީ ކިހިނެއް ހެއްޔެވެ؟ ޕްރީ-އޯޑަރު ކުރަން ބޭނުން މީހަކަށް އޮންލައިން -- އެސްޓާސް އޮންލައިން ޑޮޓްކޮމް -- މެދުވެރިކޮށާއި ސީދާ އެސްޓާސް އަށް ގޮސް ވެސް ކުރެވިދާނެ އެވެ. ޕްރީ-އޯޑަރު ކުރުމަށް އޮންލައިންކޮށް ކާޑުން ވެސް ފައިސާ ދެއްކޭނެ އެވެ.

"އެންމެ ހާއްސަ ކަމަކީ ޕްރީ-އޯޑަރު ކުރުމުން ހެޔޮ ހެޔޮވުން. ފިހާރަ އަށް ގެނައުމުން އަގަށް ބަދަލު އަންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެސްޓާސް އިން އެ ފުރުސަތު ހުޅުވައިލުމާއެކު، އެސްޓާސްއަށް ވަނީ ބާރު ބޮޑުވެފަ އެވެ.

"ވަަރަށް ބާރު ބޮޑުކޮށް ދަނީ. މިހެންވަނީ އާއްމުންގެ މެދުގައި އޮތް އިތުބާރު ބޮޑުވުން،"

ޕްރީއޯޑަރު ކުރާއިރު މިއީ ވެސް ފަހަރުގައި އުފެދިދާނެ ސުވާލެކެވެ. އޯޑަރު ދޭ ބެޑްރޫމް ސެޓު މާލެ އަންނަ ތަނުން އެއާމެދު ހިތްހަމަ ނުޖެހިއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެސްޓާސްގެ ޕްރީއޯޑަރު ދޭ މީހަކަށް މިއީ ސުވާލެއް ނޫނޭ ވެސް ބުނެވިދާނެވެ. އެކަމާ ވިސްނާކަށް ވެސް ނުޖެހެ އެވެ. އޯޑަރުދޭ އެތި މާލެ އަންނަތަނުން އެއާމެދު ހިތްހަމަ ނުޖެހިއްޖެނަމަ ސުވާލެއްވެސް ނެތި ދެއްކި ފައިސާ ވަގުތުން އަތަށް ދޭނެ އެވެ.

މި ފުރުސަތުގައި އެކި ފަންތީގެ އެކިއެކި ފާޑުފާޑުގެ ބެޑްރޫމް ސެޓުތައް ހިމެނެ އެވެ. މިގޮތުން ޑުލަކްސް ބެޑްރޫމް ސެޓާއި ލަގްޒަރީ ސެޓާއި ޕްރީމިއަމް އަދި ސްޓޭންޑަޑް ސެޓު ވެސް ލިބޭނެ އެވެ.

އެސްޓާސް އިން ދަނީ އޮންލައިންކޮށް އެކި ބާވަތްތަކުގެ މުދާ ރާއްޖެ ގެނެސްދެމުންނެވެ. އަދި ޕްރީ-އޯޑަރުދީގެން ގެނައުމުން ބޮޑުތަން އަގު ހެޔޮވުމާއެކު، މިކަން ވަނީ ވަރަށް ޝައުގުވެރި ހިދުމަތަކަށެވެ. ކޮޓަރި ބަދަލުކޮށްލަން ދާންވީ އެސްޓާސްއަށެވެ.