ހައުސިން މިނިސްޓްރީ

މާލޭން ވިއްކާ ބިންތަކުގެ އަގު ހެޔޮކޮށް އަލުން ބިޑަށް

މާލެ އިން ވިއްކަން ނިންމާފައިވާ ބިންތަކުގެ އަގު ހެޔޮކޮށް، ހައުސިން މިނިސްޓްރީން އަލުން ބިންތައް ބިޑަށް ހުޅުވާލައިިފި އެވެ. މާލެ އިން 19 ބިމެއް ވިއްކަން ނިންމައި، އިއުލާނު ކޮށްފައިވަނީ މި އަހަރުގެ އޮގަސްޓް މަހު އެވެ.

ފުރަތަމަ އިއުލާނު ކުރިއިރު، ބިން ވިއްކަން ހުޅުވައިިލީ، އަކަފޫޓެއް 15،000ރ. އަށެވެ. ނަމަވެސް މުއްދަތު ހަމަވީއިރު ލިބުނު ޝައުގުވެރިކަން ކުޑަވުމުން އަލުން އިއުލާނު ކުރިއިރު، މި އަދަދު ވަނީ އަކަފޫޓެއް 12،000ރ. އަށް ދަށްކޮށްފަ އެވެ. ކުރިން ވިއްކި އަގުން ބަލާނަމަ ބިން ވިއްކައިގެން ދައުލަތަށް 792 މިލިއަނެއްހާ ރުފިޔާ ލިބޭނެ އެވެ.

ވިއްކަން ނިންމާފައިވާ ބިން ތަކަކީ އޯކިޑްމަގުގައި ހުންނަ މ. މާފަންނުއާގެ އިން ދައުލަތަށް ނަގާފައިވާ ބައިގެ ތިން ބިމަކާއި ބޮޑުތަކުރުފާނު މަގުގައި ހުންނަ ކުރީގެ ކުނިކޮށިން ހަ ބިމެއްގެ އިތުރުން ވިލާ ކޮލެޖާ ޖެހިގެން އޮތް އެސްޓީއޯގެ ޕަވާމިކްސް ސިމެންތި އުފައްދާ ސަރަހައްދު 378 ނަންބަރު ކޮށިން 10 ބިމެކެވެ.