ވިޔަފާރި

ރާއްޖެ އައިޓީބީ އޭޝިޔާ ފެއާ އަށް

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީ އިން ބާއްވާ، "އައިޓީބީ އޭޝިޔާ" ފެއާގައި ރާއްޖޭން ބައިވެރިވާން ތައްޔާރު ވެއްޖެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ޓޫރިޒަމް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާ އައިޓީބީ އޭޝިޔާ ފެއާގައި މި އަހަރު ރާއްޖޭން ބައިވެރިވަނީ ރާއްޖޭގެ ކްރައުން އެންޑް ޗަމްޕާ ކުންފުންޏާއި ބަނިޔަންޓްރީ ރިސޯޓްސްގެ އިތުރުން ދިވެހި އެހެން ކުންފުނިތަކެވެ.

މި އަހަރުގެ އައިޓީބީ އޭޝިޔާ ފެއާ ބާއްވަނީ މިމަހުގެ 25 ވަނަ ދުވަހު ސިންގަޕޫރުގެ މަޝްހޫރު ކޮންވެންޝަން ސެންޓަރު މެރީނާބޭ ސޭންޑް ސެންޓަރުގަ އެވެ.

ޓޫރިޒަމާއި ވިޔަފާރި ހަބަރުތައް ގެނެސްދޭ ކޯޕަރޭޓް މޯލްޑިވްސްގައިވާ ގޮތުން ތިން ދުވަހަކަށް ބަހާލައިގެން ކުރިއަށްދާ މި އަހަރުގެ އައިޓީބީ އޭޝިޔާ ފެއާގައި ދުނިޔޭގެ ޓޫރިޒަމަށް ހުރި ގޮންޖެހުންތަކާއި ޓޫރިޒަމް މާކެޓު އިތުރަށް ފުޅާ ކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާ ކުރާނެ އެވެ.

އައިޓީބީ ފެއާއަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާއެވެ. ޖަރުމަނުގައި އޮންނަ މި ފެއާއަށް ކޮންމެ އަހަރަކު ވެސް ބައިވެރިވެ އެވެ.