އޭސް ހާޑްވެއާގައި ސާފު ކުރާ ސާމާނު ބޮޑުތަކުން ހެޔޮކޮށް، ހާއްސަ ޕްރޮމޯޝަނެއް މި ވަނީ ކުރިއަށް ގެންދަން ފަށައިފަ އެވެ.
ތަފާތު ގިނަ ވައްތަރެއްގެ ގެދޮރު ސާފު ކުރުމަށް ބޭނުންކުރާ ތަކެތި ވިއްކަމުންދާ އޭސް ހާރޑްވެއާ އިން ލިބެން ހުންނަ މުދަލަށް ދިވެހިންގެ މެދުގައި ހުންނަ ޝައުގު ވެރިކަމުންވެސް މިކަން އެގެމުންދެ އެވެ. އޭސް ހާރޑްވެއާ އަދި ހޯމް ސެންޓަރަކީ ދިވެހިންގެ ތެރޭގައި ސާފު ކުރުމަށް ބޭނުންކުރާ ވަރަށް ތަފާތު ވައްތަރުގެ މުދާ ވިއްކަމުންދާ ތަނެކެވެ. އަދި އެކި ބްރޭންޑްތައް ތަފާތު އަގު ތަކުގައި ލިބެން ހުންނަ ތަނެކެވެ.
"އޮކްޓޯބަރު މަހުގެ ސޭލް" ފަށާފައި މިވަނީ ސާފު ކުރަންބޭނުންކުރާ ތަކެއްޗަށް ހާއްސަކޮށްގެންނެވެ. މި ސޭލް ގައި ބަދިގެ އިން ފެށިގެން ގޮސް ފާހަނާ އަދި އެއްޗެތި ދޮވުމަށް ބޭނުންކުރާ ތަފާތު ވައްތަރުގެ ނަން މަޝްހޫރު ބްރޭންޑް ތަކުގެ ސާމާނުގައި ވަރަށް ރަގަޅު ޑިސްކައުންޓްތައް އަޅުވާފައިވެ އެވެ. އެގޮތުން 50 ޕަސެންޓް ޑިސްކައުންޓްއެކި ކަންތަކަށް ބޭނުންކުރާ އެހެން ތަނަކުން ލިބެން ނުހުންނަ ތަފާތު ވައްތަރުގެ ސާފު ކުރުމަށް ބޭނުންކުރާ ސާމާނު ހީވެސް ނުކުރާ އަގު ތަކުގައި އޮކްޓޯބަރު މަހު ލިބެން ހުންނާނެ އެވެ. އަދި މީގެ އިތުރުން އޮކްޓޯބަރު މަހު ތެރޭގައި ހައިޖީން ޑޭ ގެ ނަމުގައި އަމިއްލަ ސާފުތާހިރު ކަމާ ބެހޭގުތުން ކަސްޓަމަރުންނަށް މައުލޫމާތު ދެވިގެންދާނެ އެވެ. އަދި އެހެން މަސްތަކެކޭވެސް އެެއްގޮތަށް ފޭސްބުކް ގައި ލައިކް އެންޑް ކޮމެންޓް ކޮންޓެސްޓެއް ވެސް ބޭއްވިގެންދާނެ އެވެ. މީގައި މި ފަހަރު ދެވިގެން ދާނީ ސާފު ކުރުމަށް ބޭނުން ކުރާ އެެއްޗެކެވެ.
އޭސް ހާޑްވެއާ އަދި ހޯމްސެންޓަރަކީ 1986 ގައި ފެށި ކޯލޯޑް މޯލްޑިވްސްގެ ދަށުން ހިންގަމުން އަންނަ ވިޔަފާރިއެކެވެ. މިގޮތުން 2011 ގައި ރާއްޖޭގައި އުފެދުނު އޭސް ހާޑްވެއާއަކީ އޭސް އިންޓަނެޝަނަލް ޗިކާގޯ އެމެރިކާ އާއި އެކު ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާކް ރީޖަންގައި ހުޅުވުނު ފުރަތަމަ ފިހާރަ އެވެ. މިއަދު ރާއްޖޭގައި ހިންގަމުންދާ އޭސް ހާޑްވެއާގެ ދެ ފިހާރައަކީ ވެސް ދުނިޔޭގެ އެތަކެއް ނަން މަޝްހޫރު ބްރޭންޑްތަކުގެ ހާޑްވެއާ އަދި ތަފާތު ބާވަތްތަކުގެ ހޯމް އިމްޕްރޫވްމެންޓް ޕްރޮޑަކްޓްސް ރާއްޖެ އަށް އެތެރެކުރާ މަގުބޫލް ކުންފުނިއެކެވެ.