ހަބަރު

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކުޑަކުއްޖަކު ހައްޔަރުކޮށްފި

Oct 16, 2017
6

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތި ގެންގުޅެ އެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް މަލޫމާތު ލިބިގެން އިންޓެލިޖަންސާއި ފުވައްމުލަކުގައި ތިބޭ ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށް ކޮށްފައި ވަނީ ކުޑަފިރިހެން ކުއްޖެކެވެ. ކޯޓް އަމުރެއްގެ ދަށުން މިމަހުގެ 14 ވަނަ ދުވަހުގެރޭ އެ ކުއްޖާ ހައްޔަރު ކުރީ ދިރިއުޅޭ ގެއިންނެވެ.

ގެ ބަލައިފާސްކުރިއިރު އޭނާގެ ކޮޓަރި ތެރެއިން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަތައް ފެނިފައިވާއިރު އެ މައްސަލައާ ގުޅުންހުރި މަސްތުވާތަކެތި ފުވައްމުލަކު ފަޅު ގޯއްޗެއްގައި ފޮރުވާފައިވާކަމަށް ބެލެވިގެން އެގޯތި ބަލައި ފާސްކޮށް އެ ގޯތިތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 55 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ދަޅެއް ހޯދި އެވެ.

އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފައެވެ.