ކުޅިވަރު

ވޯލަޑްކަޕް ކޮލިފިކޭޝަން ޔޫރަޕްގެ ޕްލޭއޮފް ގުރު ނަގައިފި

Oct 17, 2017

ޒިއުރިކްގައި މިއަދު ވޯލްޑްކަޕް ކޮލިފައިންގެ ޔޫރަޕް ޕްލޭއޮފްގެ ގުރު ނަގައިފިއެވެ. ވޯލްޑް ކަޕް ކޮލިފައިން ގުރޫޕްތަކުގެ ދެވަނަ ޓީމް ތަކުގެ މެދުގައި ކުޅެވޭ ކޮލިފައިންގައި ދެވަނަ މަގާމު ކާމިޔާބޮކޮށް ޕްލޭއޮފް ޖާގަތައް ކަށަވަރުކޮށްފައިވަނީ ސްވިޑެން، ސްވިޓްސަލެންޑް، ނޮދާން އަޔަލެންޑ، ރިޕަބްލިކް އޮފް އަޔަލެންޑް، ޑެންމާކް، އިޓަލީ، ގްރީސް، އަދި ކްރޮއޭޝިޔާ އެވެ.

ދެލެގްއަށް ކުޅެވޭ ޕްލޭއޮފްގެ ފުރަތަމަ މެޗްތަށް ނޮވެންބަރު 11-9 ވަނަ ދުވަހާ ދޭތެރޭ ކުޅެވިގެންދާއިރު ދެވަނަ ލެގް ކުޅެވިގެންދާނީ 14-12 ވަނަ ދުވަހާ ދޭތެރޭގައެވެ. ޔޫރަޕްގެ ކޮލިފައިންގެ ނުވަ ގްރޫޕްގެ ދެވަނަ މަގާމު ހޯދާފައިވާ ގައުމު ތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ 8 ޓީމް ކުޅޭ ކޮލިފައިންގައި އެންމެ ވަރުގަދަ ގައުމަކަށް އޮތީ އިޓަލީ އެވެ.

ގުރުގައި އިޓަލީއާއި ސްވިޑެން ލައްވާލިއިރު ކްރޮއޭޝިއާ ކުޅެންޖެހެނީ ގްރީސްއާއެވެ. ޑެންމާކްއާއި ރިޕަބްލިކް އޮފް އަޔަލެންޑް ބައްދަލުކުރާއިރު ނޮދާން އަޔަލެންޑް ކުޅެންޖެހެނީ ސްވިޓްސަލެންޑްއާ އެވެ.

ޔޫރަޕުން ވޯލްޑް ކަޕް ޖާގައެއް މިހާތަނަށް ކަށަވަރުކޮށްފައިވަނީ ފްރާންސް، ޕޯޗުގަލް، ޖާމަނީ، ސާބިއާ، ޕޮލެންޑް، އިންގްލެންޑް، ސްޕެއިްނ، ބެލްޖިއަމް އަދި އައިސްލެންޑްއެވެ. މިއީ އައިސްލެންޑް ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. މީގެއިތުރުން ޔޫރަޕުން ކޮލިފައިވެފައިވަނީ މުބާރާތް ބާއްވާ ގައުމު ރަޝިޔާ އެވެ.