ދިރާގުން އެޕަލްގެ އެންމެ ފަހުގެ އައިފޯން 8 އާއި 8 ޕްލަސްގެ މާދަމާ ވިއްކަން ފަށާނެ އެވެ.
ދިރާގުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ޕްރީ-އޯޑަރު ނެގުން ރޭގެ ނިޔަލަށް ހަމަވެފައިވާއިރު، ފޯނުތައް ހަވާލު ކުރުމުގެ މަސައްކަތް ހުކުރު ދުވަހު ފަށާނެ ކަމަށެވެ.
ދިރާގުގެ ވެބްސައިޓުން އޮންލައިންކޮށް ފޯނަށް އޯޑަރު ކުރެވޭގޮތަށް އެ ކުންފުނިން ހަމަޖެއްސި އެވެ. އަދި ދެ ގޮތަކަށް ދިރާގުން ވަނީ މި ފޯން ވިއްކަން ނިންމައިފަ އެވެ. އެއީ 12 މަސް ދުވަހަށް ބަހާލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ ޕްލޭން އަކާއި އެއްކޮށް ފައިސާ ދައްކާފައި ފޯން ގަތުމެވެ.
އެގޮތުން އިންސްޓޯލްމަންޓް ޕްލޭނަށް ފޯން ނަގާއިރު ދައްކަން ޖެހެނީ، 2،999 ރުފިޔާ އެވެ. އަދި ހަ މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކަށް ފަސް ޖީބީ ޑޭޓާ މުޅިން ހިލޭ ދިރާގުން ދޭނެ އެވެ. އައިފޯން 8ގެ 64 ޖީބީގެ ފޯނަކަށް 999 ރުފިޔާ ދައްކަން ޖެހޭއިރު، 256 ޖީބީގެ ފޯނަކަށް މަހަކު ދައްކަން ޖެހެނީ 1،279 ރުފިޔާ އެވެ. އައިފޯން 8 ޕްލަސްގެ 64 ޖީބީ ފޯނަށް މަހަކު 1،179 ރުފިޔާ ދައްކަން ޖެހޭ އިރު، 256 ޖީބީގެ ފޯނަކަށް މަހަކު ދައްކަން ޖެހެނީ 1،449 ރުފިޔާ އެވެ. އެގޮތުން އިންސްޓޯލްމަންޓް ޕްލޭނަށް ފޯން ނަގާއިރު ދައްކަން ޖެހެނީ، 2،999 ރުފިޔާ އެވެ. އަދި ހަ މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކަށް ފަސް ޖީބީ ޑޭޓާ މުޅިން ހިލޭ ދިރާގުން ދޭނެ އެވެ. އައިފޯން 8ގެ 64 ޖީބީގެ ފޯނަކަށް 999 ރުފިޔާ ދައްކަން ޖެހޭއިރު، 256 ޖީބީގެ ފޯނަކަށް މަހަކު ދައްކަން ޖެހެނީ 1،279 ރުފިޔާ އެވެ. އައިފޯން 8 ޕްލަސްގެ 64 ޖީބީ ފޯނަށް މަހަކު 1،179 ރުފިޔާ ދައްކަން ޖެހޭ އިރު، 256 ޖީބީގެ ފޯނަކަށް މަހަކު ދައްކަން ޖެހެނީ 1،449 ރުފިޔާ އެވެ.
އައިފޯން 8 އާއި 8 ޕްލަސްގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާއަކީ މި ފޯނުގައި 12 މެގަޕިކްސެލްގެ ކެމެރާ އެވެ. އަދި މި ފޯނުން 4 ކޭ ކޮލިޓީގައި ވީޑިއޯ ވެސް ކޮށްލެވެ އެވެ. މީގެ އިތުރުން މި ފޯނަކީ ވަޔާލަސްކޮށް ވެސް ޗާޖްކޮށްލެވޭ ފޯނެކެވެ.
އައިފޯން ހަތަކަށް ވުރެ ހަލުވިކުރުމަށް ޓަކައި މި ފޯންގައި ވަރުގަދަ ޕްރޮސެސާ ވަނީ ބޭނުންކޮށްފަ އެވެ. އައިފޯން 8 އަދި 8 ޕްލަސް އުފައްދާފައި ވަނީ ސްޕޭސް ގްރޭ، ސިލްވާ އަދި ގޯލްޑް ކުލައިގަ އެވެ. މި ފޯނުގައި ބިއްލޫރި ކޭސިންގް އެއް ހިމެނިފައިވުމަކީ މިފޯނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަމެކެވެ.
އެޕަލް އިން އައިފޯން 8 އަދި 8 ޕްލަސްއާ އެކު އައިފޯން 10 ނޫނީ އެކްސް ވަނީ ބާޒާރަށް ނެރެފަ އެވެ. އައިފޯން 10ގެ ޕްރީއޯޑާތަށް އެޕަލްއިން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ގައެވެ. އަދި ދުނިޔޭގެ ބާޒާރުތަކަށް ފޯނު ނެރޭނީ އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ.