ހަބަރު

މާލޭގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި

މާލޭގައި މިރޭ ހިނގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ހ. އާޓިފިޝަލް ބީޗްގައި މިރޭ ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ ބިދޭސީއެއް ކަމަށާއި އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ބުނީ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 10.27 އެހާ އިރު ކަމަށެެވެ.

ޒަހަމްވީ މީހާގެ ހާލު ސީރިއަސް ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން އަދި ނުބުނެއެވެ.