ވިޔަފާރި

އެލައިޑުން ހަފުތާއެއްތެރޭ 13.5 މިލިއަން ރުފިޔާ ދޫކޮށްފި

އެލައިޑުން، އިންޝުއަރެންސް ބަދަލުގެ ގޮތުގައި ހަފުތާއެއްގެ ތެރޭގައި 13.5 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑުން ބުނީ މިދިޔަ ހަފުތާގައި 13.5 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެތެރޭގައި އޮޑި ދޯނި ފަހަރަށް ދޫކުރާ ހަލް އިންޝުއަރެންސު ވެސް ހިމެނޭ ކަމަށެވެ.

އެލައިޑުން ދަނީ ކޮންމެ ހަފުތާއެއްގައި ހެން ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ކަސްޓަމަރުންނަށް ދެމުންނެވެ. އެ ކުންފުނިން ދަނީ ރާއްޖޭގައި ގިނަ ދާއިރާއެއްގައި އިންޝުއަރެންސުގެ ހިދުމަތް ދެމުންނެވެ. އެގޮތުން ޓޫރިޒަމް ވިޔަފާރިއާއި މަސްވެރިކަމުގެ ގިނަ އުޅަނދު ފަހަރުގައި ވެސް އެލައިޑުގެ އިންޝުއަރެންސްގެ ބޭނުން ހިފަ އެވެ.

އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާރު އެލައިޑަކީ މި ސަރަހައްދުގައި އޮތް އެންމެ ބޮޑު އިންޝުއަރެންސް ކުންފުންޏެވެ. މިގޮތުން މީގެ ތިން އަހަރު ކުރިން އެ ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީއަކީ 70 މިލިއަން ޑޮލަރެވެ. ނަމަވެސް މިހާރު ކުންފުނީގެ ގާބިލްކަން ވަނީ 120 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.