މަސްތުވާތަކެތި

ޑްރަގު ހިފައިގެން ރާއްޖެ އައި ބިދޭސީއަކު ހައްޔަރުކޮށްފި

ބަންގްލަދޭޝް އިން ރާއްޖެ އައި އެ ގައުމުގެ ފިރިހެނެއްގެ އަތުން މަސްތުވާއެއްޗެހިތަކެއް ފެނިގެން އެ ތަކެއްޗާއެކު އޭނާ ހައްޔަރުކޮށްފި އެވެ.

ރާއްޖޭގެ ކަސްޓަމްސް އިން ބުނީ އިއްޔެ ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އައި އުމުރުން 26 އަަހަރުގެ އެ މީހާގެ އަމަލުތައް ހުރި ގޮތުން އޭނާއާ މެދު ކަސްޓަމްސް އޮފިސަރުންނަށް ޝައްކުވެގެން ހުއްޓުވައި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް އޭނާގެ އަތުން ފެނުނު ކަމަށެވެ.

އަދި ބުނީ އެތަކެތީގެ ޕްރިލިމިނަރީ ޓެސްޓްތައް ހެދިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ އެމްފެޓަމައިން އަށް ޕޮސިޓިވް ވި ކަމަށެވެ. އޭގެ ތެރޭގައި 1057 ގުޅަ ހިމެނޭއިރު، އެތަކެތީގެ ބަރުދަނުގައި 330 ގުރާމު ހުއްޓެވެ. އެ މީހާ އާއި އަތުލައިގަތް މަސްތުވާތަކެތި، އިތުރު ތަހުގީގުކޮށް މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.