ކުޅިވަރު

ބެންގަލޫރު ކަޓުވާލުމަށްފަހު އިސްތިގްލާ އޭއެފްސީ ކަޕް ފައިނަލަށް

Oct 20, 2017

އޭއެފްސީ ކަޕްގެ އިންޓާ ޒޯން ފައިނަލްގައި ތަޖިކިސްޓާންގެ އިސްތިގްލާ އަތުން 2-3 ގެ އެގްރިގެޓް ނަތީޖާއަކުން ބަލިވެގެންނެވެ. ފުރަތަމަ ލެގް އިސްތިގްލާލް ވަނީ 1-0 ކާމިޔާބުކޮށްފައެވެ. ފައިނަލުގައި އިސްތިގްލާލް ވާދަކުރަން ޖެހެނީ ވެސްޓް އޭޝިޔާ ޒޯންގެ ޗެމްޕިއަން އަދި މިދިޔައަހަރުގެ އޭއެފްސީ ކަޕް ޗެމްޕިއަންކަމަށްވާ އަލްގުވާ އަލްޖާވިއާ އާއެވެ.

މިގޭ ކުރިން 2015 ވަނަ އަހަރުގެ އޭއެފްސީ ފައިނަލުގައިވެސް އިސްތިގްލާލް ވަނީ ކުޅެފައެވެ. ނަމަވެސް އެފަހަރު އެޓީމު މެލޭޝިޔާގެ ޖޮހޯރު އަތުން 1-0 ބަލިވިއެވެ. އޭއެފްސީ ކަޕުގައި ރަނގަޅު ކަތީޖާތަކެއް ނެރެމުން އަންނަ އިސްތިގްލާލް އިންވަނީ މީގެކުރިން އޭއެފްސީއިން ބާއްވަމުން އައިސްފައިވާ އޭއެފްސީ ޕްރެޒިޑެންޓް ކަޕް 2012 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ.

އިގްރިގްލާލްއިން ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައިވަނިކޮށް ބެންގަލޫރުގެ އުދާންތާ ސިންގު ނަގައިދިން ހުރަހަކުން ޑިފެނޑަރު ރާހުލް ބެކޭ ވަނީ ބެންގަލޫރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އިތުރު ގޯލެއް ކާމިޔާބުކުރުމަށް ބެންގަލޫރު މަސައްކަތް ކުރަމުން ދަނިކޮށް އެކަމަށް ހުރަސް އެޅުގެންދިޔައީ ބެންގަލޫރުގެ މެދުތެރެއަށް ކުޅެމުންއަންނަ ހާމަންޖޮތު ކާބްރާއަށް ދެވަނަ ރީންދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ.

އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެންޖެހުމުގެ ނަތީޖާއަކަށްވީ ދެވަނަ ހާފްގެ 56 ވަނަ މިޏިޓުގައި އިސްތިގްލާލްގެ ރަޝިޔާ ފޯވާޑް ޑިމިޓްރީ ބާރްކޯވް އިސްތިގްލާލްއަށް ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިދީ އެގްރިގެޓު ނަތީޖާ 1-3 ބަދަލުކޮށްލިއެވެ. ބާރްކޯވް މިލަނޑު ކާމިޔާބުކުރީ އިސްތިގްލާލްގެ ކުޅުންތެރިޔަކު ބެންގަލޫރުގެ ޕެނެލްޓިއޭރިޔާ ތެރެއިން ތިިރިތިރިން ނަގައިދިން ހުރަހެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

10 ކުޅުންތެރިންނާއެކު މެޗުގެ ބޮޑުބައި ފުރިހަމަ ކުރނަޖެހުންނަމަވެސް ބެންގަލޫރުއިންވަނީ މެޗުގައި ރަނގަޅު ކުޅެމެއްދައްކާފައެވެ. އެގޮތުން 65 ވަނަ މިނިޓުގައި ބެންގަލޫރުގެ ފޯވާނޑް ޑެނިއަލް ލަލިމްޕިއުއާއަށް އިސްތިގްލާލްގެ ޔޫކްރެއިން ޑިފެންޑަރު އޮލެކްސަންޑާ ސްޓެޓްސެންކޯ ކުރި ފައުލަކާ ގުޅުގެން ރެފްރީ ވަނީ ބެންގަލޫރުއަށް ޕެނެލްޓީއެއް ދީފައެވެ. ސުނިލް ޗެތުރީ ވަނީ ޕެނެލްޓީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-2 ބަދަލުކޮށް އެގްރިގެޓް ނަތީޖާ 3-2 ބަދަލުކޮށްފަ އެވެ.

މެޗުގައި ބެންގަލޫރަށް އިތުރު ލަނޑެއް ޖަހަން ފުރުސަތު ނުދީ އިސްތިގްލާލްއިން ވަނީ 2-2 މެޗު އެއްވަރުކޮށް ނިންމާލާފައެވެ. އެގްރިގެޓް ނަތީޖާއިން 3-2 ކުރިހޯދައިގެން ތަޖަކިސްތާނުގެ ޗެމްޕިއަން ޓީމުންވަނީ ފައިންގެ ޖާގައެއް ކަށަވަރުކޯށްފަ އެވެ.

މިގޭ ކުރިން 2015 ވަނަ އަހަރުގެ އޭއެފްސީ ފައިނަލުގައިވެސް އިސްތިގްލާލް ވަނީ ކުޅެފައެވެ. ނަމަވެސް އެފަހަރު އެޓީމު މެލޭޝިޔާގެ ޖޮހޯރު އަތުން 1-0 ބަލިވިއެވެ. އޭއެފްސީ ކަޕުގައި ރަނގަޅު ކަތީޖާތަކެއް ނެރެމުން އަންނަ އިސްތިގްލާލް އިންވަނީ މީގެކުރިން އޭއެފްސީއިން ބާއްވަމުން އައިސްފައިވާ އޭއެފްސީ ޕްރެޒިޑެންޓް ކަޕް 2012 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ.