ހަބަރު

ޓެކްސީއެއްގައި ކުއްޖަކާ ބެހުމުގެ ތުހުމަތަށް ޑްރައިވަރު ހައްޔަރުކޮށްފި

މާލޭގައި ދުއްވި ޓެކްސީއެއްގެ ތެރޭގައި ކުޑަ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އިތުރު މައުލޫމާތު މިވަގުތު ހާމަ ކުރެވެން ނެތް ކަމަށެވެ.

ރާއްޖޭގައި ދުއްވާ ޓެކްސީތަކުގައި އާއްމުކޮށް ރައްކާތެރިކަން އޮތް ނަަމަވެސް މަދު މަދުން ހާދިސާތައް ހިނގައެވެ. އެގޮތުން ޓެކްސީއެއްގައި ގަދަކަމުން އަންހެނަކު ގެންދަން އުޅުނު މައްސަލައަކާއި މީހުންނަށް ބިރު ދައްކާ އިންޒާރު ދިން ޑްރައިވަރެއްގެ މައްސަލަ މިދިޔަ އަހަރު ބެލި އެވެ.

މިފަހަރުގެ މައްސަލައިގައި ތުހުމަތު ކުރެވުނީ ޑްރައިވަރަށެވެ.