ހަބަރު

ސިއްރުފެންފުށީގެ ވަޒީފާތަކަށް މީހުން ނަގަން ފަހި ދުވަހެއް

އަންނަ ޑިސެމްބަރު މަހު ށ. އަތޮޅުގެ ގާކޮށިބީގައި ތަރައްގީކޮށް ހުޅުވަން ތައްޔާރުވަމުން އަންނަ ރިސޯޓެއް ކަމަށްވާ ސިއްރު ފެންފުއްޓަށް މުވައްޒަފުން ހޯދަން އަންނަ ހަފުތާގައި އޯޕަން ޑޭ، ނުވަތަ ފަހި ދުވަހެއް ބާއްވަން ނިންމައިފި އެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދާނީ މާލޭގަ އެވެ.

ސިއްރު ފެންފުށިން ބުނީ ފަހި ދުވަސް އޮންނާނީ އަންނަބުރާސްފަތި ދުވަހު ހެނދުނު 9.00 އިން ހަވީރު 5.00 އަށް ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ކަމަށެވެ.

ކެރިއާ މޯލްޑިވްސް އިން އިންތިޒާމް ކޮށްދޭ އެ ހަރަކާތުގައި އޮންނާނީ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކާ މައުލޫމާތު ދިނުމާއި އިންޓަވިއު ކުރުމެވެ. ޝައުގުވެރިވާ ފަރާތްތަކުން ސީވީއާއެކު ދިއުމަށް އެ ރިސޯޓުން އެދެ އެވެ.

ޖުމްލަ 112 ލަގްޒަރީ ވިލާއާއި ތިން ރެސްޓޯރެންޓާއި އެހެނިހެން ގިނަ ހިދުމަތްތަކާއެކު ހުޅުވާ ސިއްރު ފެންފުށްޓަށް 12 ދާއިރާއަކުން 70 އަށް ވުރެ ގިނަ މަގާމުތަކަށް މީހުން ބޭނުންވެއެވެ.