ފާރިސް މައުމޫން

ފާރިސްގެ ޝަރީއަތް މާދަމާ

Oct 21, 2017
1

ޖަލުގެ މަރާމާތެއް ހިނގާތީ ގެއަށް ބަދަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން ކުރާ ޝަހްސް އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި އެވެ.

މި ޝަރީއަތް ފަށާނީ މާދަމާ ހެނދުނު 11:30 ގައެވެ. ޕްރިލިމިނަރީ އަޑު އެހުމަށް ފަހު މާދަމާގެ މަޖިލީހަކީ ފާރިސްގެ ފަރާތްޕުޅުން ދައުވާއަށް ޖަވާބުދާރީވުމުގެ މަޖިލީހެކެވެ.

ޝަހުސް އޮޅުވާލާފައިވާ ކަމަށް ބުނެ ފާރިސް އަށް ކުރާ ދައުވާއަކީ ޕީޕީއެމްގެ ހުއްދަ އާ ނުލައި އެ ޕާޓީގެ ދިދައާއި ލޯގޯ ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ އުފުލާފައިވާ ދައުވާއެކެވެ.

މި ދައުވާގެ އިތުރުން ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެއް ވެސް އުފުލާފައި ވެއެވެ.