ފާރިސް މައުމޫން

ފާރިސް މަޖިލިސް އިންތިހާބުގައި ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ނިންމަވައިފި އެވެ.

ފާރިސް ވަނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް ގަސްތުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވަމުން ފާރިސް ވިދާޅުވީ ގައުމު އިސްލާޙު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މުހިންމުކަން ބޮޑުކަމުން ކުރިއަށް އޮތް އިންތިހާބުގައި މައްޗަންގޮޅީ އުތުރު ދާއިރާއަށް ކުރިމަތިލުމަށް ގަސްތުކުރާ ކަމަށެވެ.

ފާރިސް ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ވާދަކުރައްވާފަ އެވެ.

މީގެ އިތުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ ގޮނޑި ހުސްވުމުން ބޭއްވި ބައި-އިލެކްޝަންގައި ވާދަކުރައްވާ ފާރިސް ވަނީ ކާމިޔާބުކުރައްވާފަ އެވެ.