ކުޅިވަރު

ފެންވަރު މަތިކުރަން ޖަރުމަން ކޯޗްގެ ތަފާތު ފޯމިއުލާއެއް

Oct 21, 2017

ކުޅުންތެރިންގެ ފެންވަރު މަތިކުރަން ޖަރުަމްނގެ ވޮލްފްސްބާގް ކޯޗް މާޓިން ޝްމިޓް މުޅިން ތަފާތު ފޯމިއުލާއެއްގެ ހިޔާލު ދީފި އެވެ.

އޭނާ ބުނީ ޕްރެކްޓިހަށް ފަހު ކުޅުންތެރިން ދަތް އުނގުޅުމުން، ކުޅުންތެރިންގެ ޕާފޯމަންސް އިތުރުވެ ނަތީޖާ ނެރުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ކުޅުންތެރިން ތަޒާ ވާނެ ކަމަށްވެސް ކުރިން މެންޒް އަށް ކޯޗް ކޮށްދިން ޝްމިޓް ބުންޏެވެ.

"ޓްރެއިނިން ނިމޭއިރު އަނގައިގެ ތެރޭގައި އެސިޑިޓީ އުފެދޭނެ، މި [އެސިޑް] އަނގައިގެ ތެއްކަމަށް އަށް ގެއްލުން ދޭނެ އަދި އެނެމް ފަހު ސީދާ ލެއަށް އޭގެ އަސަރު ކުރާނެ،" ޝްމިޓް ބުންޏެވެ. "އެހެންވެ ޕްރެކްޓިހަށް ފަހު ދަތް އުނގުޅީމަ ހަކަތަ ރިކަވާ ކޮށްދޭނެ."

އޭނާ ބުނީ ފިޒިކަލް ޓްރެއިނިން އަށްފަހު އަވަހަށް ދަތް އުނގުޅަން ކުޅުންތެރިން ޖެހޭނެ ކަމަށެވެ. އޭނާ ލަފާ ދެނީ ގެއަށް ދިއުމުގެ ކުރިން ދަތް އުނގުޅުމަށެވެ.

ވޮލްފްސްބާގްގެ ކޯޗް ކަމާ ޝްމިޓް ހަވާލުވީ މި ސީޒަންގަ އެވެ. މެދުކެނޑުމަކަށްފަހު އަލުން ބުންޑެސްލިގާއަށް އެނބުރި އައި ޓީމު އޮތީ އުނދަގޫ ހާލަތެއްގަ އެވެ. އަށް ޕޮއިންޓާއެކު އެ ޓީމު އޮތީ ލީގްގެ 14 ވަނައިގަ އެވެ.