ދުނިޔެ

މިނިވަންވުމުގެ ވޯޓެއް އިޓަލީގެ ދެސަރަހައްދަކުން ވެސް ނަގަނީ

އިޓަލީގެ މައި ސަރުކާރުގެ ދަށުން މިހާރަށް ވުރެ ކުޑަކޮށް، އިގުތިސާދީ މިނިވަންކަން ބޮޑުކުރަން ފެނޭތޯ ބަލަން އެގައުމުގެ ދެ ސަރަހައްދެއްގައި މިއަދު ފެންނަ ނުފެންނަ ވޯޓެއް ނަގާނެއެވެ.

އިޓަލީގެ މައި ސަރުކާރުގެ ދަށުން މިހާރަށް ވުރެ ބޮޑު މިނިވަންކަން ހޯދަން ފެނޭތޯ ވޯޓް ނަގަނީ އެގައުމުގެ އުތުރުގައިވާ މުހުއްމު ދެ ރަށެއް ހިމެނޭ ދެ ސަރަހައްދެއްގައެވެ. އެއީ އެ ސަރަހައްދެއްގައި މިލާން އޮންނަ ލަމްބޯޑީ އާއި ވެނިސް އޮންނަ ވެނީތޯ ގައެވެ. ފެންނަ ނުފެންނަ ވޯޓު އިއުލާން ކުރެއްވީ ލަމްބޯޑީގެ ލީޑަރު ރޮބާޓޯ މަރޯނީއާއި ވެނީތޯގެ ލީޑަރު ލޫކާ ޒާއިއާ އެވެ.

ސްޕެއިންގެ ދަށުން މިނިވަންވާން ކެޓަލޯނިއާ ނަމަކަަށް ކިޔާ ސަރަހައްދުގެ މީހުން ފޫގަޅާފައިވާ މި ދަނޑިވަޅުގައި ނަގާ މި ވޯޓަކީ އެހާ މައްސަލަ ބޮޑު ވޯޓެއް ނޫނެވެ. އެހެނީ ވެނީތޯއާއި ލަންބޯޑީގެ ލީޑަރުން ބޭނުން ވަނީ އިޓަލީން ވަކިވާކަށް ނޫނެވެ. އަދި އެވޯޓުގެ ނަތީޖާއަކީ އެއަށް އަމަލުކުރަން ލާޒިމުކުރާ ނަތީޖާއެއް ވެސް ނޫނެވެ. ވޯޓުގެ ބޭނުމަކީ އިތުރު މިނިވަަންކަން ހޯދަން ސަރަހައްދީ ލީޑަރުން މައި ސަރުކަރާ މަޝްވަރާކުރާނެ ބަހަނާއެއް ހޯދުމެވެ.

އިތުރު މިނިވަންކަން ބޭނުންވަނީ ކީއްވެ؟

މިނިވަންކަން ބޮޑުކުރަން ފެނޭތޯ ވޯޓުލާ ދެ ސަރަހައްދުގެ ސިޔާސީ ލީޑަރުން ގަބޫލުކުރާ ގޮތުގައި އެ ސަރަހައްދަށް ލިބޭ އާމްދަނީ އިޓަލީގެ ދެކިނުގައިވާ ފަގީރު ސަރަހައްދުތަކަށް ހަރަދުކުރާކަށް ނުޖެހެއެވެ. މަރޯނީ ގަބޫލުކުރައްވާ ގޮތުގައި ލަމްބޯޑީން މައި ސަރުކާރަށް ދައްކާ ފައިސާ 50 ޕަސެންްޓުން މަދު ކުރަން ޖެހެއެވެ. އޭނާ ދައުވާ ކުރައްވާ ގޮތުގައި އެ ސަރަހައްދުން ރޯމަށް އަހަރަކު 54 ބިލިޔަން ޔޫރޯ ފޮނުވައެވެ.

ވެނީތޯގެ ޒާއިއާ ގަބޫލުކުރައްވާ ގޮތުގައި އޭނާގެ ސަރަހައްދަށް ހަރަދުކުރަން ލިބެނީ އެ ސަރަހައްދަށް ހަރަދުކުރަން ލިބެނީ ލިބޭ އާމްދަނީއަށް ވުރެ 20 ބިލިޔަން ޔޫރޯ މަދު އަދަދެކެވެ. އަދި އެ ފައިސާ ސަރަހައްދަށް ލިބެން ޖެހެއެވެ.

ލަމްބޯޑީއާއި ވެނީތޯ އަކީ އިޓަލީގެ ޖީޑީޕީގެ 30 ޕަސެންޓް އެ އެ ދެސަރަަހައްދުން ލިބޭ ދެ ސަރަހައްދެވެ. އެ ދެ ސަރަހައްދުގައި ޖުމްލަ 15 މިލިޔަން މީހުން އުޅެއެވެ. އިޓަލީގެ އެހެން ބައެއް ސަރަހައްދުތަކަށް މާ ކުރިން ވެސް އޮތީ މާލީ މިނިވަންކަން ދީފައެވެ. -- ސީއެންއެން