ވިޔަފާރި

އުރީދޫ މޯލްޑިވްސްއަށް އާ މެނޭޖިން ޑިރެކްޓަރެއް

Oct 23, 2017

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ޗެއާމަން ޚާލިދު އިބްރާހިމް އަލް-މަޙްމޫދު ހަމަޖައްސަވައިފި އެވެ.

ޚާލިދު މި މަޤާމަށް ހަމަޖައްސަވާފައިވަނީ ކުރީގެ މެނޭޖިން ޑިރެކްޓަރ އަދި ބޯޑު މެންބަރު ވިކްރަމް ސިންހާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ވިކްރަމް ވަނީ އުރީދޫގެ އެމްޑީގެ މަގާމު ތިން އަހަރު ހޭދަ ކުރައްވާފަ އެވެ. އަދި ވިކްރަމް މިހާރު ހުންނެވީ އުރީދޫ ބަރުމާގެ އެމްޑީގެ މަގާމުގަ އެވެ.

އުރީދޫއަށް އާ އެމްޑީއެއް ހަމަޖެއްސިއިރު، އެ ކުންފުނިން ވަނީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އިންވެސްޓްކޮށްފަ އެވެ. އުރީދޫން އާއްމުންގެ ހިއްސާވާ ކުންފުންޏަކަށް ބަދަލުވެފައިވަނީ ކުރިއަށް ގެންދިޔަ ކާމިޔާބު އައިޕީއޯއަކުންނެވެ. މި އައިޕީއޯ އިން 14 މިލިއަން ހިއްސާ ވަނީ ވިކިފަ އެވެ. މިއީ 421 މިލިއަން ރުފިޔާގެ ހިއްސާ އެވެ. އުރީދޫ އިން ދޫކުރި ހިއްސާގެ 9.5 ޕަސެންޓް ވަނީ ވިކިފަ އެވެ. އެ ކުންފުނިން ހިއްސާއެއް ވިއްކާފައިވަނީ 30ރ. ގެ މަގުންނެވެ.