ފިނިޕޭޖް

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނަކަށް ޕާޓްނަރުން ހޯދަން އިއުލާނުކޮށްފި

Oct 23, 2017

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނަކަށް ސްޕޮންސަރުންނާއި ޕާޓްނަރުން ހޯދަން އިއުލާނުކޮށްފި އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަން ސްޕޮންސާކޮށް ޕާޓްނަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ޓައިޓަލް ސްޕޮންސަރާއި، މެެއިން ސްޕޮންސަރުންނާއި، ކޯ ސްޕޮންސަރުންނާއި، އޮންލައިން މީޑިއާ ޕާޓްނަރާއި، ބޭންކިން ޕާޓުނަރާއި އޮފިޝަލް ބެވަރޭޖް ޕާޓްނަރު ހޮވާނެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކެއް އަދި ދެ އެއްގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގު އެވެ. އަދި ދެ ސީޒަނުގެވެސް އޮންލައިން މީޑިއާ ޕާޓްނަރަނީ އަވަސް އޮންލައިން އެވެ. އައިޑޮލްގެ ދެވަނަ ސީޒަންގެ މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ލޮޓަސް އަދި އެސްޓީއޯ އާއި މޯލްޑިވިއަން އެވެ. ކޯ ސްޕޮންސަރުންނަކީ އަލޯރާ، އީވޯ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއެއް ކާމިޔާބުކޮށްފައިވަނީ މުހައްމަދު ތަސްނީމް (ބޮބް) އެވެ. އަދި ފުރަތަމަ ސީޒަން ކާމިޔާބުކޮށްފައިވަނީ ލައިޝާ ޖުނައިދު އެވެ.