ހަބަރު

މައުމޫން ރާއްޖެ ވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރާއްޖެ ވަޑައިގެންފި އެވެ. ރައީސް މައުމޫން ރާއްޖެ ވަޑައިގަތީ އެ މަނިކުފާނުގެ އަމިއްލަފުޅު ދަތުރުފުޅެއްގައި މެލޭޝިޔާގައި ހަފްތާއެއްހާ ދުވަހު ހޭދަ ކުރެއްވުމަށް ފަހުގަ އެވެ.

ރައީސް މައުމޫން ރާއްޖެ ވަޑައިގަތީ މިރޭ 7:40 ހާއިރު އެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް މިރޭ އެއާޕޯޓަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ޖޫމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ އިތުރުން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ބައެއް އިސް ބޭފުޅުން ވަޑައިގެންނެވި އެވެ.

ރައީސް މައުމޫން މެލޭޝިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ވަނީ ވަރަށް އަވަހަށް އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.