ވިޔަފާރި

އިސްލާމިކް ފައިނޭންސްގެ އެވޯޑެއް އަޔާދީ ތަކާފުލްއަށް

އިސްލާމިކް ފައިނޭންސްގެ ބައިނަލްއަގުވާމީ އެވޯޑެއް އެލައިޑް އިންޝުއަރެންސުގެ އަޔާދީ ތަކާފުލްއަށް ލިބިއްޖެ އެވެ.

ރާއްޖޭގެ އެއްވަނަ އިންޝުއަރެންސް ކުންފުނި، އެލައިޑުގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއަށް ލިބިފައިވަނީ އިސްލާމިކް ފައިނޭންސުގެ ދާއިރާގައި ދޭ ޝަރަފުވެރި އެވޯޑެއް ކަމަށްވާ އައިއެފްއެފްއެސްއޭ އެވޯޑެވެ. މި އެވޯޑުގައި އަޔާދީ ތަކާފުލްއަށް ލިބިފައިވަނީ އަހަރުގެ ތަކާފުލް ވިންޑޯ އޮފް ދި އިޔާގެ މަގާމެވެ.

މި އެވޯޑާ އަޔާދީގެ ފަރާތުން ހަވާލުވީ، އެ ކުންފުނީގެ ޖީއެމް އިބްރާހިމް ފިރުޝާން އެވެ.

މި އެވޯޑުގައި އެލައިޑްގެ އަޔާދީ ތަކާފުލްއާއެކު ވާދަކުރި ގައުމުތަކުގެ ތެރޭގައި އިސްލާމިކް ފައިނޭންސް ފުޅާވެފައިވާ ގިނަ ގައުމުތައް ހިމެނެ އެވެ.

ތަކާފުލްގެ ގިނަ ޕްރޮޑަކްޓްތަކެއް ދޫކުރަމުން ގެންދާ އަޔާދީ ތަކާފުލް އިން ދަނީ އެކި ޕްރޮޑަކްތައް މާކެޓަށް ނެރެމުންނެވެ. މިގޮތުން ފެމެލީ ތަކާފުލް އިން ފެށިގެން ބޯޓު ބިލްޑިންގް އާއި ޓްރެވަލް ވެސް އެ ކުންފުނިން ދޫކުރެ އެވެ.