ބޮލީވުޑް

ޝާހިދު ކަޕޫރާއި މީރާގެ ކައިވެނި އިސްތަންބޫލް ނުވަތަ ގްރީސްގައި

Apr 27, 2015

މިދުވަސްވަރު އެ ބަތަލެއްގެ ވާހަކަ އެންމެ ގިނައިން މީޑިގައި ދައްކާނަމަ ހަމަ ޔަގީނުންވެސް ވެގެން ދާނީ ޝާހީދު ކަޕޫރަށެވެ.

ދިއްލީގައި ދިރިއުޅޭ ދަރިވަރެއް ކަމުގައިވާ މީރާ ރާޖްޕުތާާ ޝާހިދް ކައިވެނި ކުރަން އުޅޭ ވާހަކަތަކަށް އަދިވެސް ނިމުމެއް ނެތެވެ.

މިކައިވެންޏާ ބެހޭގޮތުން މިހާތަނަށް ތަފާތު އެތަކެއް ވާހަކަތަކެއް ދެކެވިފައިވާއިރު، މިއަހަރުގެ ޑިސެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ މިކައިވެނި މިހާރު ޖޫން މަހަށް އަވަސްކޮށްފައިވާ ކަމުގެ ހަބަރުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

އަދި ކައިވެނި ހަފްލާ ބާއްވާނެތަނެއްގެ ގޮތުގައި އިންޑޮނީޝިއާގެ ޖަޒީރާ ރަށެއް ކަމުގައިވާ ބާލީ ދެފަރާތުގެ އާއިލާއިން ހަމަޖައްސާފައިވަނިކޮށް، މިހާރު އަނެއްކާވެސް ކައިވެނި ބާއްވާނެ ތަން ބަދަލުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެގޮތުން ޝާހިދު އާއި މީރާ މިހާރު ވަނީ މުއްސަނދި ތާރީހެއް އޮތް ތުރުކީގެ އިސްތަންބޫލް ނުވަތަ ލޯބީގެ އެތައް މިސާލެއް ޖެހޭނެ ހިތްގައިމު ގައުމެއް ކަމަށްވާ ގްރީސްގައި އެމީހުންގެ ކައިވެނީގެ ހަފްލާ ބާއްވަން ނިންމާފަ އެވެ.

މިދެމީހުންނާއި ގާތް ފަރާތަކާ ހަވާލާދީ ބުނެފައި ވަނީ ދެފަރާތުގެ އާއިލާއިން ބޭނުންވީ އާއިލާ އާއި ގާތްތިމާގެ މީހުންނާއި ގާތް ރައްޓެހިންގެ މެދުގައި ވަރަށް ޕްރައިވެޓްކޮށް ބާލީގައި މިކައިވެނީގެ ހަފްލާ ބާއްވަން ކަމަށެވެ. ނަމަވެސް ޝާހިދު އާއި މީރާ ބޭނުންވަނީ އިސްތަންބުލް ނޫނީ ގްރީސްގައި ކައިވެނީގެ ހަފްލާ ބޭއްވުމަށެވެ.

އެންމެ ފަހުގެ ވާހަކަތައް ބުނާ ގޮތުން ޝާހިދު އާއި މީރާ އަންނަނީ އެދެމީހުންގެ ކައިވެނީގެ ހަފްލާއަކީ ހަނދާނުން ނުފިލާ ވަރުގެ ކަމެއްގެ ގޮތުގައި ހަދަން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ބުނަމުންނެވެ.

މިވަގުތު ޝާހިދު "އުޅްތާ ޕަންޖާބް" ގެ ޝޫޓިންގައި ބުރަކޮށް މަސައްކަތް ކުރަމުން އަންނައިރު، މީރާ އާއި އޭނާގެ އާއިލާއިން ކައިވެނީގެ ހަފްލާއަށް ދަނީ ތައްޔާރުވަމުންނެވެ.

މީރާ އާއި ޝާހިދު ދިމާވެފައި ވަނީ ފިލޯސޮފިކަލް ޖަމްއިއްޔާއެއް ކަމަށްވާ ރާދާ ސޯމީ ސަތުސަންގް ބިއާސްއިންނެވެ. އަދި މިދެމީހުންނަކީ މިގްރޫޕްގެ ބައިވެރިންނަށް ވާއިރު، ޝާހިދު ވަނީ މީގެކުރިން ކައިވެނި ކުރިޔަސް ކުރާނީ ފިލްމީ ދާއިރާގައި ހަރަކާތްތެރި ނުވާ މީހަކާ ކަމަށް ބުނެފަ އެވެ.