ހަބަރު

ް

ސުޕްރީމްކޯޓަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތް ކުރުމުން ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީގޮތުން މަނާކުރި ވަކީލުންގެ ތެރެއިން އަނެއްކާވެސް ބައެއް ވަކީލުންނަށް ހުއްދަ ދީފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ( ޑީޖޭއޭ) އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަށް ވަކީލަކު ވަކާލާތުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް އެ ވަކީލުންގެ މައްސަލަ ބެލުމަށް ފަހުގައި ކަމަށެވެ. މިރޭ ހުއްދަ ދިން ވަކީލުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މޫސާ ސިރާޖު ހިމެނިވަޑައިގަންނަވައެވެ.

ސުޕްރީމްކޯޓަށް ޕެޓިޝަނެެއް ހުށަހަޅަން އުޅުމުން ޖުމްލަ 54 ވަކީލަކު ސަސްޕެންޑް ކުރޯީީޯ މިދިޔަ ސެޕްޓެމްބަރުމަހުގެ 10 ވަނަ ދުވަހުއެވެ. ވަކީލުން ސުޕްރީމްކޯޓަށް ހުށަހަޅަން އުޅުނު ޕެޓިޝަނަކީ ޝަރުއީ ދާއިރާ އިސްލާހުކޮށްދެއްވުން އެދި ކޮށްފައިވާ އިލްތިމާސެކެވެ.

މަނާކުރި ވަކީލުންގެ ތެރެއިން 27 ބޭފުޅެއް ފިޔަވައި އެހެން ބޭފުޅުންނަށް ކުރިން ވަނީ ހުއްދަ ދީފައެވެ. އަދި މިއަދު އިތުރު އަށް ވަކީލަކަށް ހުއްދަ އަލުން ދިނުމުން ސަސްޕެންޝަނުގައި ތިބި ވަކީލުންގެ އަދަދު މިހާރު ވަނީ 19 އަށް ތިރިވެފައެވެ.

ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ ސަސްޕެންޝަން އަދި އުވައެއް ނުލައެވެ.