މޯލްޑިވްސް ޕޮލިސް ސާވިސް

އޮގަސްޓްގެ ނިޔަލަށް 158 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

މިއަހަރުގެ ޖެނުއަރީ އިން ފެށިގެން އޮގަސްޓުގެ ނިޔަލަށް 158 ކިލޯއަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެެވެ.

ފުލުހުން މިއަދު އާއްމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި މިއަހަރު ޖެނުއަރީ އެކަކުން ފެށިގެން އޮގަސްޓް 31ގެ ނިޔަލަށް 158.8467 ކިލޯގެ ބަރުދަން ހުރި މަސްތުވާތަކެތި އަތުލައިގަނެފައިވެ އެވެ.

މަސްތުވާތަކެތި އަތުލައިގަތުމަށްޓަކައި ފުލުހުން ވަނީ 113 އޮޕަރޭޝަން ކުރިއަށް ގެންގޮސްފަ އެވެ.

މިއޮޕަރޭޝަންތަކުގައި 8،554 މީހުން ބަލައި ފާސްކޮށް 712 މީހުން ހައްޔަރުކޮށްފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މަސްތުވާތަކެއްޗަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި މަސްތުވާތަކެއްޗާ ދެކޮޅަށް ހާއްސަ އޮޕަރޭޝަންތަކެއް ފަށާފަ އެވެ.